ޚަބަރު

ބައިނަލްއަޤްވާމީ ފަތުވާ ކޮންފަރެންސްގައި ބައިވެރިވުމަށް މިނިސްޓަރ ޒާހިރު މިޞްރަށް


  • މި ކޮންފަރެންސް ކުރިއަށްދާނީ 18 އިން 19އަށް

  • ކޮންފަރެންސް އޮންނަނީ މިޞްރުގެ ކައިރޯގައި

  • މި ކޮންފަރެންސްގައި މިނިސްޓަރ ތަޤްރީރުކުރައްވާނެ

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ މިސްރަށް ފުރާވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓަރ މިޞްރަށް ކުރައްވާ ދަތުރުފުޅަކީ މިމަހުގެ 18 އިން 19އަށް މިސްރުގެ ވެރިރަށް ކައިރޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ފަތްވާ އެންޑް ޗެލެންޖާޒް އޮފް ދަ ތަރޑް މިލެނިއަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ކޮންފަރެންސްގެ މިއަހަރުގެ ތީމަކީ ”ތޭވީސްވަނަ ޤަރުނުގައި ފަތުވާ އަދި ފަތުވާ ދިނުމުގައި ހުރި ގޮންޖެހުންތައް” މި މައުޟޫއެވެ.

މި ކޮންފަރެންސްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީވެސް ތަޤްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސަކީ ދުނިޔޭގެ ފަތުވާ އިދާރާއިން، ފަތުވާދެއްވާ މުފްތީންނާއި އިސްލާމީ މުފައްކިރުން ހިމެނޭ ގޮތަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.