ޚަބަރު

ރެޑްވޭވް ޕްލާޒާ ކައިރީގައި ހުރި ހޮޓަލުގައި ރޯވި އަލިފާންގަނޑު ނިންވާލައިފި


  • ރޯވެފައިވަނީ މައްޗަންގޮޅި ރެޑްވޭވް ޕްލާޒާ ކައިރީގައި ހުރި ހޮޓަލެއްގައި

  • ޙާދިސާ ހިނގީ 11:40ހާއިރު

  • ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުން

މައްޗަންގޯޅި ރެޑްވޭވް ޕްލާޒާ ކައިރީގައި ހުރި ހޮޓަލެއްގައި އަލިފާނުގައި ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގައިގެން އެމް.އެން.ޑީ.އެފްއަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުކުރި 11:40 ހާއިރެވެ. ޙާދިސާ ހިނގިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ ސަރަޙައްދުގައި ފުލުހުންނާއި ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލްކޮށް ވަނީ ނިންވާލާފައެވެ.

މި ޙާދިސާގައި އަލިފާން ރޯވެފައިވަނީ އެ ހޮޓަލުގެ ސީލިންގުގައެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުވިކަމުގެ މަޢުލޫމާތު ލިބިފައެއްނުވެއެވެ.

މި ޙާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ނޭންގެއެވެ.