ޚަބަރު

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑުނުތާ ދެގަޑިއިރަށްފަހު ކަރަންޓް ދީފި


  • ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން

  • އައްޑޫ ގުޅިފައިވާ ރަށްތަކުގެ ކަރަންޓް ވިއުގަ އަޕްގްރޭޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑެން މެދުވެރިވި ސަބަބު ހައްލުކޮށް ކަރަންޓްދީފިއެވެ. މިރަށްތަކަށް ކަރަންޓް ލިބުނީ ކަރަންޓް ކެނޑުނުތާ ދެގަޑިއިރުފަހުންނެވެ.

ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑުނީ މިއަދު މެންދުރު 11:45 ހާއިރުއެވެ. ފެނަކަ ހެޑް އޮފީހުން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަރަންޓް ކެނޑުނީ ކަރަންޓް ފޯރުކޮށްދޭ މައި ސްޓޭޝަނުންކަމަށެވެ.

މިފަހަކަށް އައިސް އައްޑޫ ސިޓީން މިގޮތަށް ކަރަންޓު ކެނޑޭ މިންވަރު މަދެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެނަކައިން ދަނީ ކުރަމުންނެވެ.