ޚަބަރު

ހއ އިން އދ އަތޮޅަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުދު ސަމާލު


ހއ އިން އދ އަތޮޅަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ޤާއުމީ އިދާރާއިން ވިދާޅުވީ، އުތުރާ މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވިއްސާރަ ކުރާނެކަމަށެވެ. ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެކަަމަށް މެޓުން ލަފާކުރެއެވެ.

ރާއްޖޭގެ އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެންވަަރަކަށް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

މިދުވަސްވަރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި މި ދުވަސްވަރު ފިނިހޫނުމިން ހުރިހާ ހިސާބެއްގައިވެސް އާންމު މިންގަނޑަށްވުރެ މަތި ވާނެކަމަށް ބެލެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާ ގުޅުހުންހުރި އިދާރާތަކުން އިލްތިމާސް ކުރައްވައެވެ.