ޚަބަރު

ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އެހީތެރިކަން ފޯރުކޮށްދޭނަން: ޗައިނާ ސަފީރު


  • ޗައިނާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައިވަނީ ރަސްމިއްޔާތެއް ބާއްވާފައި

  • މިރަސްމިއްޔާޓުގައި އިންތިޚާބީ ރައީސް ޑރ.މުއިއްޒު ބައިވެރިވަޑައިގެންނެވި

ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ތަރައްޤީގެ ދާއިރާއިން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާއޮތީ ތައްޔާރަށް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިންގ ވިދާޅުވެއްޖެއެވެ.

ވަން ލީޝިންގ މިހެން ވިދާޅުވީ ޗައިނާގެ 74 ވަނަ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަން ލީޝިންގވަނީ ދެޤައުމުގެ ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ވަން ވިދާޅުވީ ޗައިނާއިން އަބަދުވެސް ރާއްޖޭގެ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި ދެމިއޮންނާނެކަމަށެވެ.

" ކުރިމަގުގައި ރާއްޖެއާއި ގުޅިގެން ގުޅުން އިތުރަށް ބަދަހިކުރުމަށް ޗައިނާ އޮތީ ތައްޔާރަށް، ޒަމާންވީ ގުޅުން ބަދަހިކޮށް، ދެޤައުމަށްވެސް ފައިދާވާގޮތަށް ގުޅުން ބަދަހިކުރަން ބޭނުން،" ވަން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހަޔަރ އެޑިއުކޭޝަން، މިނިސްޓަރު އިބްރާހީމް ހަސަންވެސްވަނީ ވަނީ ދެ ޤައުމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ޗައިނާއިން ރާއްޖެއަށް ވެދެމުން ގެންދަވާ އެހީތެރިކަމަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

މިރަސްމިއްޔާތުގައި އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒާއި, އެމަނިކުފާނުގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ބައިވެރިވެވަޑައިގެންނެވި

ޗައިނާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ކޭކެއް ފެޅުންވެސް މިރަސްމިއްޔާތުގައި އޮތެވެ. ޗައިނާގެ ޤައުމީ ދުވަސް ފާހަގަކުރަނީ ޗައިނާ ޤައުމެއްގެ ގޮތުގައި ވުޖޫދުވި ދުވަހެވެ.