މީހެއްގެ އަތުން ފޭރިގަނެދިޔަ ސައިިކަލެއް އެކްސިޑެންޓް ވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މާލޭ ލިލީމަގުގައި ދެ ސައިކަލުޖެހި އެކްސިޑެންޓުވި މައްސަލައެއް މިރޭ 19:02 ހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ. އެކްސިޑެންޓްވި ސައިކަލަކީ މީހެއްގެ އަތުން ފޭރުމަށްފަހު ދުއްވާފައިދިޔަ ސައިކަލެއްކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ނަމަވެސް މި ޙާދިސާގެ އިތުރު ތަފްޞީލެއް ފުލުހުން ހާމަކުރައްވާފައެއްނުވެއެވެ.