މިދިޔަ ހުކުރުދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި ޒަހަމްވި ކުރީގެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީންގެ ބައްޕަ އަހްމަދު މަނިކު ނިޔާވެއްޖެއެވެ.
އުމުރުން 74 އަހަރުގެ އަޙްމަދު މަނިކު ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު ފަތިހުގެ ވަގުތެއްގައެވެ.
މަނިކު އެކްސިޑެންޓްވީ ހުކުރު ދުވަހުގެ ރޭ އިޝާނަމާދަށްފަހު ސައިކަލެއްގައި ދަނިކޮށް ބޮޑުތަކުރުފާނުމަގު ޗައިނާ އެމްބަސީ ކުރިމަތިން ކާރެއްގައި ޖެހިގެންނެނެވެ. މި އެކްސިޑެންޓްގައި އަހްމަދު މަނިކުގެ ބޮލަށް ވަނީ އަނިޔާވެފައެވެ.
މަނިކުގެ މައްޗަށް ކުރާ ކަށު ނަމާދު އޮންނާނީ މިއަދު އަސްރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.
އަހްމަދު މަނިކަކީ ކުރީގެ ހެލްތް މިނިސްޓަރގެ އިތުރުން ރައްޔިތުން މަޖލީހުގެ ކުރީގެ މެމްބަރު އަދި ޖަފާނުގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތުގެވެސް ބައްޕައެވެ.