ޚަބަރު

ހިޔާގެ 12ވަނަ ބުރިން ވެއްޓުނު ކުއްޖާ ނިޔާވެއްޖެ


  • - ކުއްޖާ ވެއްޓުނީ 12ވަނަ ފަންގިފިލާއިން

  • - ނިޔާވެފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް

ރޭގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ހިޔާ ފްލެޓްގެ 12 ވަނަ ފަންގިލާއިން ވެއްޓުނު ކުއްޖާ ނިޔާވެއްޖެއެވެ.

އުމުރުން 15 އަހަރުގެ މި ކުއްޖާ ނިޔާވެފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށެވެ.

ރޭ ދަންވަރު 12 ޖަހާކަންހާއިރު ހިނގި މިހާދިސާގައި އެ ކުއްޖާ ވެއްޓިފައިވަނީ ހިޔާ ފްލެޓްގެ 6 ވަނަ ޓަވަރުގެ 12 ވަނަ ފަންގިފިލާއިންނެވެ. އަދި ކުއްޖާ ވެއްޓި ބޮލަށް އަދި ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ބޮޑެތި ޒަހަމްތައް ލިބިފައިވެއެވެ.

މަންޒަރު ދުށް މީހުން ބުނީ ކުއްޖާ މަތިން ވެއްޓި އައިސް ޖެހުނީ އެ ސަރަހައްދުގައި ޕާކްުކޮށްފައި އޮތް ކާރެއްގެ ބޮނެޓް މަތީގައިކަމަށެވެ.

މި ކުއްޖާގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮތީ މިއަދު ހެނދުނު 10:00 ގައި (ހުޅުމާލެ ސަހަރާ) މިސްކިތުގައެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންމެވެ.