ޙަމާސް ޖަމާޢަތުގެ މުޖާހިދުން ދިން ހަމަލާތަކެއްގައި ނޭހަލް ބްރިގޭޑްގެ ކޮމާންޑަރު ލެފްޓިނެންޓް ކާނަލް ޔޮނަތަން ސްޓައިންބަރގް މަރާލާފައިވާކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
އިސްރާއީލްގެ އަސްކަރިއްޔާއިން ބުނެފައިވަނީ ލެފްޓިނެންޓް ކާނަލް ސްޓެއިންބަރގް މަރާލާފައިވަނީ އިސްރާއީލުގެ ދެކުނުގައި ހަމާސް ޖަމާއަތުން ދިން ހަމަލާތަކެއްގައި ކަމަށެވެ. އަދި މި ބްރިގޭޑް އަކީ އިސްރާއީލުގެ އަސްކަރިއްޔާގެ މައި ގޮތްޕެއްކަމަށްވެސް އިސްރާއީލުން ބުންޏެވެ. އަދި ސްޓޭއިންބަރގް ގަޔަށް ބަޑިޖަހާފައިވަނީ ކަރަމް ޝަމާލް ކައިރީގައި އޭނާގެ ބްރިގޭޑްއާއި ހަމާސްގެ ޖަމާއަތާ ދެމެދުގައި ހިނގި ހަމަލާތަކަށް ރައްދު ދެމުން ދަނިކޮށްކަމަށްވެސް އިސްރާއީލުން މައުލޫމާތު ދެއެވެ.
ޔަހޫދީންގެ އަޅުވެތި ކަމަށް ނިމުމެއް ގެނައުމަށް ހަމާސްއިން 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި ފަށާފައިވާ ޚާއްޞަ އަސްކަރީ ކެމްޕޭން ދަށުން އިސްރާޢީލުގެ ދެކުނުގައިވާ ރަށްތަކަށް އަމާޒުކޮށް ގިނަ ޢަދަދެއްގެ ރޮކެޓް ހަމަލާތަކެއްވަނީ ދީފައެވެ. މި ޙަމަލާތަކުގައި ޔަހޫދީންގެ 200 އަށްވުރެ ގިނަ މީހުން މަރައިލާފައިވާއިރު، 1.000އަށް ވުރެ ގިނަ ޔަހޫދީން ވަނީ ޒަޚަމްކޮށްލާފައެވެ. ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކޮށް ހަމާސްއިން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ބޮން އަޅައި ފަލަސްޠީނުގެ 200 މީހުން ޝަހީދުކޮށްލާފައެވެ.
މީގެ އިތުރުން، ޙަމަލާތަކާ ގުޅިގެން ފަލަސްޠީނުގެ ޙަމާސް ޖަމާޢަތުން ބުނީ އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ މީހުން މިނިވަން ކުރަން ގޮވާލެވޭ ވަރަށް، އެ ޖަމާޢަތުން މިހާރު އިސްރާއީލގެ ސިފައިން އަތުލައިގަނެފައިވާކަމަށެވެ.
ޣައްޒާއަކީ ފަލަސްޠީނުގެ 2.3 މިލިޔަނެއްހާ މުސްލިމުން ދިރިއުޅޭ ސަހަރެކެވެ. އެއީ ދުނިޔޭގައި އޮތް އެންމެ ބޮޑު ޖަލުގެ ގޮތުގައި ސިފަ ކުރެވޭ ތަނެކެވެ. އެ ތަން ވަށައިގެން ޔަހޫދީ ޓެރެރިސްޓުން ވަނީ ފެންސް ޖަހައި ބަންދުކޮށްފައެވެ. ޣައްޒާގެ ރައްޔިތުންނަށް އެ ރަށަށް ވަދެނިކުމެ ހެދެނީ ޔަހޫދީ ސިފައިންގެ ޗެކްޕޮއިންޓުތައް ހުރަސް ކޮށްފައެވެ. ޣައްޒާގައި ވެރިކަން ކުރަނީ ހަމާސް ޖަމާޢަތުންނެވެ.
ޙަމާސްއިން ބުނީ، ޔަހޫދީ އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރަން މަޖުބޫރުވީ، ޔަހޫދީ ޖައްބާރު ސިފައިންގެ އަމަލުތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ. މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަޞް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކަނޑަމުންދާތީ ކަމުގައެވެ. ޔަހޫދީންގެ ޢާންމުންނާއި ޔަހޫދީ ޖައްބާރު އަސްކަރިއްޔާގެ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ. ފަލަސްޠީނުގެ ކުށެއް ނެތް ޢާންމު ރައްޔިތުންގެ ލޭއޮހޮރުވައިލަމުންދާ މަންޒަރު ބަލަން ތިބެވެން ނެތުމުން ކަމުގައެވެ.