ޚަބަރު

ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީގެން އަންހެނަކު ހައްޔަރުކޮށްފި


  • ހަމަލާ ދިނީ ބިދޭސީއަކަށް ބިރުދެއްކުމަށްފަހު

  • ހަމަލާ ދީފައިވަނީ ފޯނު ވިއްކާ ފިހާރެއްގައި މަސައްކަތްކުރާ މީހަކަށް

  • ހައްޔަރުކުރީ 29އަހަރުގެ އަންހެނެއް

  • ޒަޚަމްވި މީހާއަށް އަންނަނީ ފަރުވާދެމުން

މާލޭގެ ފިހާރެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީގެން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ތޫނު އެއްޗަކުން ހަމަލާދީފައިވާ މީހަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމުގެ މަޢުލޫމާތު 11:02 ހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ.

މި މައްސަލާގައި 29 އަހަރުގެ ދިވެހި އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ ތަހްގީގްކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މާލޭގައި ފޯނު ވިއްކާ ފިހާރައަކަށްވަދެ އެތަނުގައި މަސައްކަތްކުރާ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދޭ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަގޮތުގައި އެ ބިދޭސީ މީހާއަށް ހަމަލާދިނީ، އެ ދެމީހުންގެ މެދުގައި ޒުވާބެއް ހިނގުމަށްފަހުއެވެ.