ޚަބަރު

ޑާކް ރެއިންގެ 4 ފިލްމެއް މިއަހަރާއި އަންނަ އަހަރު ރިލީސްކުރަން ތައްޔާރުވަނީ


  • މިއަހަރާ މިއަންނަ އަހަރު ރިލީޒް ކުރާ 4 ފިލްމެއްގެ ތަފްސީލްވަނީ ހާމަކޮށްފައި

  • މިފިލްމު ތަކަކީ ނޮވެމްބަރ، ބަޅިނދު، ފުރޭތަ އަދީ މީ އިޝްގު

ޑާކް ރެއިން އެންޓަރޓެއިންމަންޓުން މިއަހަރާއި އަންނަ އަހަރު 4 ފިލްމެއް ރިލީޒްކުރަން ތައްޔާރުވެއްޖެއެވެ.

ރާއްޖޭގެ ކާމިޔާބު ޕްރޮޑަކްޝަން ހައުސް ޑާކްރެއިން އެންޓަރޓެއިންމެންޓް ރިލީޒް ކުރަން ތައްޔާރުވާ ފިލްމުތަކުގެ ތެރޭގައި ނޮވެމްބަރ، ފުރޭތަ، ބަޅިނދު، އަދި މީ އިޝްގު ހިމެނެއެވެ. މީގެ ތެރެއިން އެންމެ އަވަހަށް ބެލުންތެރިންނާ ހަމައަށް އަންނާނެ ފިލްމަކީ "ނޮވެމްބަރ"އެވެ.

ނޮވެމްބަރ

"ނޮވެމްބަރ" މިފިލްމަކީ ލޯބީގެ އަސަރުގަދަ ވާހަކައަކަށް ބިނާކޮށް ކުޅެފައިވާ ފިލްމެކެވެ. މިފިލްމުގެ ލީޑް ރޯލު ކުޅެފައިވަނީ ޖުމައްޔިލް ނިމާލާއި، މަރިޔަމް މަޖުދާއެވެ. މިދެތަރިންގެ އިތުރުން އައިޝަތު ޔާދާވެސް ކާސްޓުންގެ ތެރޭގައި ފެނިގެންދާނެކަމަށް ޑާކްރެއިން ބުނެއެވެ. އަދި މީގެއިތުރުން ފިލްމުގެ ޚާއްސަ ފެނިލުމަކުން މަޝްހޫރު ޕްރެޒެންޓަރ މޫސާ ވަސީމާއި މަޝްހޫރު ލަވަ ކިޔުންތެރިޔާ މޭނާ ހައްސާނުވެސް ފެނިގެންދާނެއެވެ.

އައިޝަތު ފުއާދާއި އަހްމަދު ތޮލާލްގެ ސްކްރިޕްޓެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ މި ފިލްމުގެ ޝޫޓިން މާލެ އާއި އަތޮޅުތަކުގެ އިތުރުން ސިންގަޕޫރުގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

"ނޮވެމްބަރ"ގެ ޑައިރެކްޓަރަކީ މިހާރު ރާޢްޖޭގައި ހުރި އެންމެ ކާމިޔާބު އެއް ޑައިރެކްޓަރ އަލީ ޝިފާއު (ޗިއްޕެ) އެވެ. އަދި ފިލްމް ޕްރޮޑިއުސަރުންނަކީ ކާމިޔާބު އެތައް ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާ މުޙައްމަދު ޢަލީ (މޮގާ) އާއި އައިޝަތު ފުއާދެވެ.

މިފިލްމަކީ ޑާކް ރެއިން އެންޓަޓެއިންމަންޓުން މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު ފިލްމެވެ. އެގޮތުން މިފިލްމް އުފެއްދުމުގެ މަސައްކަތަށް 1.6 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާ މަޢުލޫމާތުލިބެއެވެ.

މިފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 4 ޑިސެމްބަރު 2023ގައެވެ.

ފުރޭތަ


ފިލްމު "ފުރޭތަ" އަކީ ޑާކް ރެއިން އިން މިހާތަނަށް ނެރޭ އެންމެ ވަރުގަދަ އެކްޝަން ފިލްމުކަމަށް މަޢުލޫމާތުލިބެއެވެ. އަޙްމަދު ޠަލާލްގެ ސްކްރީންޕްލޭއަކަށް ހަދާ މިފިލްމުގައި ލީޑު ރޯލުން ފެނިގެންދާނީ އަރަމުން އަންނަ ކުޅަދާނަ ތަރި ޝަރަފުއްދީން ޢަބްދުﷲއާއި ރަވީ ފާރޫގުއެވެ.

ބޮޑު ކާސްޓެއް ހިމެނޭ މިފިލްމުން ފެނިގެންދާ އެހެން ތަރިންގެ ތެރޭގައި މުޙައްމަދު މަނިކް، އަޙްމަދު ސަޢީދު، މުޙައްމަދު ރިފްޝާން، އަޙްމަދު ނާޝިތު، ޢަލީ ނަދީހް، އާމިނަތު އަޞީލާ ހިމެނެއެވެ.

ފިލްމު "ފުރޭތަ" އަކީ އަޙްމަދު ޠަލާލްގެ ސްކްރީންޕްލޭއަކަށް ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ.
މިފިލްމު ޕްރޮޑިއުސްކުރަނީ މުޙައްމަދު ޢަލީ (މޮގާ)އެވެ.

ފިލްމު ރިލީޒް ކުރަން ނިންމާފައިވަނީ 8 ޖެނުއަރީ 2024ގައެވެ.

ބަޅިނދު

އަންނަ އަހަރު ރިލީޒް ކުރަން ނިންމާފައިވާ ފިލްމް "ބަޅިނދު" އަކީ ހަގީގީ ހާދިސާތަކެއް ހިމަނައިގެން ހޫދު އިބްރާހީމް ލިޔެފައިވާ ސްކްރީން ޕްލޭއަކަށް ހަދާ ފިލްމެކެވެ.

ބިރުވެރި މިފިލްމުގައި ހަރަކާތްތެރިވާ މައިގަނޑު ތަރިންގެ ތެރޭގައި އިސްމާޢީލް ޖުމައިހް، އާމިނަތު ރަޝްފާ، ނުޒުހަތު ޝުޢައިބް، މަރިޔަމް މަޖުދާ، ހިމެނެއެވެ

މިފިލްމުގެ ޑައިރެކްޓަރަކީ އަހްމަދު ޝިނާންއެވެ.

ފިލްމު "ބަޅިނދުު" ރިލީޒްކުރަން ނިންމާފައިވަނީ 2024 ވަނަ އަހަރު އެވެ.

މީއިޝްޤު

މިފިލްމަކީ އަސަރުގަދަ ލޯބީގެ ފިލްމެކެވެ. ފިލްމު ލީޑް ރޯލް ކުޅެފައިވަނީ މިހާރު ފިލްމީ ދާއިރާގައި ވިދަމުން އަންނަ ދެތަރިން ކަމަށްވާ ޝަރަފް އަބްދުﷲ އާއި އާމިނަތު ރަޝްފާއެވެ.

ފިލްމިފިލްމަކީ ޒުވާން ފިލްމް ޑައިރެކްޓަރ އަޒްހާން އިބްރާހީމް ލިޔެ، ޑައިރެކްޓްކޮށް، ގެނެސްދޭ ފިލްމެކެވެ. މިފިލްމް ޝޫޓުކޮށްފައިވަނީ ކ.މާފުށީގައާއި މާލޭގައެވެ.

ރާއްޖޭގެ ސިނަމާއަށް ނުފެންނަ ގިނަ ބައިތަކެއް މި ފިލްމުގައި ހުންނާނެ ކަމަށް މިފިލްމުގެ ޑައިރެކްޓަރވަނީ ބުނެފައެވެ.

"މީ އިޝްޤް" ރިލީޒްކުރަން ނިންމާފައިވަނީ 2024 ވަނަ އަހަރު އެވެ.

މީގެ އިތުރުންވެސް 6 ފިލްމެއްގެ ޕްރީ ޕްރަޑކްޝަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޑާކް ރެއިންގެ ފޭސްބުކު ޕޭޖްގައި ހާމަކޮށްފައިވެއެވެ. އެފިލްމުތަކަކީ އަވާ، ވާރޭ، ލޭ، ލައިފް ސަޅި، ފެށުމާއި ނިމުން، އަލިފާން އެވެ.

ޑާކް ރެއިންއަކީ ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ އެވެ. އެ ސްޓޫޑިއޯގެ ފިލްމުތަކަށް ބެލުންތެރިންްގެ ބޮޑު ތަރުހީބެއް އޮވެއެވެ.