ސިނަމާލެ ބްރިޖުގެ ހައިވޭގައި ހަތަރު ކާރު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ވިދާޅުވީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ހަތަރު ކާރެއް ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ހައިވޭގައި ކާރުތައް ތޮއްޖެހުނު މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ.
ހުޅުމާލެއަށް ދަތުރުކުރި ބަސްތަކާއި ކާރުތައް މިއެކްސިޑެންޓާ ގުޅިގެން ބްރިޖްމަތީގައި ގިނަ އިރުތަކެއް ތާށިވެފައި ތިބި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިއެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ.