ކުޅިވަރު

ވީއޭއެމް ޕްރެޒިޓެންޑްސް އަންނަ މަހުގެ 1 ވަނަ ދުވަހު ފަށަނީ


ވީއޭއެމް ޕްރެޒިޑެންޓްސް ކަޕްގެ ދެކުނުބައިގެ ފުރަތަމަ މެޗްގައި ފުވައްމުލަކު ސްޕޯޓްސް ކުލަބާއި ދަނޑިމަގު ޒުވާނުންގެ ޖަމިއްޔާ ބައްދަލުކުރަން ޖެހިއްޖެއެވެ. 

ޏ.އަތޮޅު ފުވައްމުލަކުގައި މިއަންނަ މަހުގެ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ 2 ވަނަ މެޗުގައި ވާދަކުުރުމަށް ހަމަޖެހިފައިވަނީ ވެށިނަލަ ޖަމިއްޔާ އާއި މިސްކިތް މަގު އެންމެންގެ ގުޅުމެވެ. މިމުބާރާތުގެ 3ވަނަ މެޗްގައި ވާދަކުރާނީ ފުވައްމުލަކު ޔޫތް ސްޕޯޓްސް ކުލަބާއި ދަޑިމަގު ޒުވާނުންގެ ޖަމިއްޔާއެވެ. އަދި މިމުބާރާތުގެ 4ވަނަ މެޗްގައި ބައްދަކުރާނީ ފުއްމުލަކު ސްޕޯޓްސް ކުލަބާއި، ވެށިނަލަ ޖަމިއްޔާއެވެ. މިމުބާރާތް ކުރިއަށްދާނީ 1 ސެމީ ފައިނަލް ކުޅޭ ގޮތަށެވެ. ލީގުގެ 1 ވަނަ ޓީމް ސިދާ ފައިނަލުން ޖާގަ ހޯދާއިރު، ލީގް 2 ވަނަ އާ 3 ވަނަ ޓީމް ސެމީ ފައިނަލް ކުޅުމަށްފަހު، މޮޅުވާ ޓީމަކަށް ފައިނަލްގެ ޖާގައެއް ކަށަވަރުވާނެއެވެ. 5 ޓީމް ވާދަކުރާ މިމުބާރާތް ކުރިއަށްދާނީ މިއަންނަ މަހުގެ އެކަކުން އަށަކަށް ފުވައްމުލަކުގައެވެ.