ކުޅިވަރު

14 އަހަރުން ދަށުގެ ޗެމްޕިއަންކަން މަޖީދިއްޔާ ސްކޫލް ހޯދައިފި


މައިލޯ އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަކަން މަޖީދިއްޔާ ސްކޫލުން ހޯދައިފިއެވެ. 

މަޖީދިއްޔާ ސްކޫލް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި އިސްކަންދަރު ސްކޫލާއި ވާދަކޮށް އެއް ލަނޑު ސުން ލަނޑުން ކުރި ހޯދައިގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ސުމެއް ސުމަކުން އެއްވަރުވެގެންނެވެ. މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އަދި މަޖީދިއްޔާ ސްކޫލަށް ޗެންޕިއަންކަން ކަށަވަރުކޮށްދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ޒަޔާން އިސްހާގްއެވެ.ުޅި މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ހޮވިފައި ވަނީ އިސްކަންދަރު ސްކޫލުގެ އިބްރާހިމް އިމްރާންއެވެ. img:http://s2.psmnews.mv/images/660x400/14586759713966.jpg|އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ޗެންޕިއަން މަޖީދިއްޔާ ސްކޫލް

މުބާރާތުގެ 14 އަހަރުން ދަށުގެ އެންމެ މޮޅު އެގާރަ ކުޅުންތެރިނަކީ 

މަޖީދިއްޔާ ސްކޫލުގެ މުހައްމަދު ޝަޢުފް، މުހައްމަދު ލައިޝް، އަޙުމަދު ޒަޔާން، އަޙްމަދިއްޔާ ސުކޫލްގެ އާލިމް ޢަބްދުލް ލަތީފް، އަލީ ނާވީ، އިސްކަންދަރު ސުކޫލްގެ އާދަމް ހަލަމް، އިބްރާހީމް އިމްރާން، އިސްމާޢީލް ޔޫހް، އަދި އިމާދުއްދީން ސްކޫލްގެ އިބްރާހީމް އަނޫފް އާ އަހުމަދު ސަމާޙު އަދި ރައިސަމް ހުސެއިންއެވެ.  

މި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައި ވަނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.