މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމް.އެން.ޑީ.އެފްއިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއްގައި މާދަމާ 5 އޮކްޓޯބަރުގައި ބަޑިޖެހުމަށް ހަމަޖެހިފައިވާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެދިވަޑައިގެންފިއެވެ.
އެމްއެންޑީއެފުން ހާމަކުރައްވާފައިވާ ގޮތުގައި މިތަމްރީންތައް ކުރިއަށްދާނީ މާދަމާ އިރުއޮއްސި 18:30 އިން 21:00 އަށް ކ.ގިރިފުށީގައިކަމަށެވެ.
މިތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ގިރިފުށީ ހުޅަނގު ދެކުނު ފަރާތުން 4100 މީޓަރު ދުރުމިނަށެވެ. އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 100 މީޓަރުކަމަށްވެސް އެމްއެންޑީއެފުން ހާމަކުރައްވައެވެ.
އެމްއެންޑިއެފުންވަނީ މިސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެދިވަޑައިގެންފައެވެ.
އެމްއެންޑީއެފުން ދޭތެރެދޭތެރެއިން މިފަދަ ތަމްރީންތައް ކުރިއަށްގެންދެއެވެ.