ޚަބަރު

މަޖިލިސް އިންތިޚާބަށް 300އަށްވުރެ ގިނަ މުވައްޒަފުން ހޯދަނީ


  • މުވައްޒަފުން ހޯދަނަ މިހާރު ވަނީ ހުޅުވާލާފައި

  • ޑިސެމްބަރު 31އާއި ހަމައަށް ފުރުޞަތު އޮންނާނެ

  • އެކި ގިންތިތަކުގެ މަޤާމުތައް ހިމެނޭ

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ގިނަ ޢަދަދެއްގެ މުވައްޒަފުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ 300އަށްވުރެ ގިނަ މުވައްޒަފުން ހޯދަން އިއުލަންކޮށްފައެވެ. އޭގެތެރޭގައި، އޮފިސަރުންގެ މަޤާމަށް 218 މުވައްޒަފުން، އެސިސްޓަންޓް އޮފިސަރުންގެ މަޤާމަށް 40 މުވައްޒަފުން، އަދި ސެކިއުރިޓީ އޮފިސަރަކަށްވުމަށް 6 މުވައްޒަފުން ހޮދުން ހިމެނެއެވެ. މީގެ އިތުރުންވެސް އެކި މަޤާމުތަކަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަނުން ވަނީ ހުޅުވާލާފައެވެ.

މަޤާމާއި ބެހޭ ތަފްސީލްތައް އިލެކްޝަނުންވަނީ ގެޒެޓުގައި ޝާޢިރުކޮށްފައެވެ. އެ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ޑިސެމްބަރު 31 ވަނަ ދުވަހާއި ހަމައަށެވެ. ނަމަވެސް އިންތިޚާބު އޮންނާނެ ދުވަހެއް އިޢުލާނެއް ނުކުރެއެވެ.

ދެން އޮންނަ މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. މިހާރު ހިނގަމުންދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ 87 މެންބަރުންނެވެ.

އަންނަ މަޖިލީހުގެ ދައުރުގައި ބައެއް ދާއިރާތަކަށް ކިޔާ ނަންނަމަށާއި، ދާއިރާތަކަށްވެސް ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ.