ކުޅިވަރު

ބޮމުގެ ހަމަލާއާ ގުޅިގެން ބެލްޖިއަމް ޓީމުގެ ޓްރެއިނިންގ ކެންސަލް


ބްރަސަލްގައި މިއަދު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ބެލްޖިއަމް ޤައުމީ ޓީމްގެ ފަރިތަކުރުންތައް ކެންސަލްކޮށްފިއެވެ.

 ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރވުމުގެ ގޮތުން ޕޯޗްގަލްއާއެކު މިމަހުގެ 29 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗަށް ބެލްޖިއަމް ޓީމް ޓްރެއިނިންގ ކެންސަލްކުރިކަން ހާމަ ކުރަމުން ރޯޔަލް ބެލްޖިއަމް ފުޓްބޯލް ފެޑެރޭޝަނުން ބުނީ މިއަދު އެފެޑެރޭޝަނަށް މުހިންމީ ފުޓްބޯޅަ ނޫން ކަމަށެވެ. ޕޯޗްގަލްއާ ބެލްޖިއަމް ވާދަކުރާ މެޗް ކުޅުމަށް ހަމަޖެހިފައި އޮތީ މިމަހުގެ ނަވާވިސް ވަނަ ދުވަހު ބްރަސަލްސްގައެވެ. ނަމަވެސް މިއަދު ބްރަސަލްގައި ދިން ބޮމުގެ ހަމަލާތަކަށްފަހު މިމެޗް ކެންސަލްކޮށްފާނެ ކަމަށްވެސް ބެލެވެއެވެ.

 ބޮމުގެ ހަމަލާތަކާ ގުޅިގެން 31 މީހުން ވަނީ މަރުވެފަ. މިމެޗް ބެލްޖިއަމްގައި ކުޅުމާ ދޭތެރޭ މާދަމާ ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.