ޚަބަރު

އައްޑޫ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އައު ސަރުކާރަށް ލިބޭނެ: މޭޔަރު ނިޒާރު


  • އައްޑޫ ސިޓީ ކައުންސިލްގެ އަޣްލަބިއްޔަތު އޮންނަނީ އެމްޑީޕީއަށް

  • މޭޔަރު ދެއްވި ޔަޤީންކަމަކީ ޑރ.މުޢިއްޒަށް އެއްބާރުލުން ލިބޭނެކަން

  • ނިޒާރު ވަނީ ޑރ. މުޢިއްޒަށް މަރުހަބާ ވިދާޅުވެފައި

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އައްޑޫ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް، މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސް ޑރ. މުޢިއްޒަށް މަރުޙަބާ ވިދާޅުވެ ނިޒާރު ވިދާޅުވީ، ކައުންސިލްގެ ޒިންމާ އަކީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށް ދިނުންކަމަށެވެ. އައްޑޫ ސިޓީ ކައުންސިލުން ޑ.ރ މުހައްމަދު މުޢިއްޒުގެ ޒައާމަތަށް ފުރިހަމަ އެއްބާރުލުން ދީގެން ސަރުކާރާއި ގުޅިގެން އައްޑޫގެ ތަރައްގީއަށް މަސައްކަތް ކުރާނެކަމަށް މޭޔަރު ވިދާޅުވިއެވެ. އެޔަގީންކަން އިންތިޚާބީ ރައީސަށް އަރުވާފައިވާނެކަމަށްވެސް މޭޔަރު ނިޒާރު ވިދާޅުވިއެވެ. ނިޒާރު ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، މި 5 އަހަރުގައި ކޮށްދެއްވި ކަންތައްތަކަށް، ޝުކުރު އަދާކުރައްވާފައެވެ.

އައްޑޫ ސިޓީ ކައުންސިލަކީ އެމްޑީޕީގެ އަޣްލަބިއްޔަތު އޮންނަ ކައުންސިލެކެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން، އެހެން ބައެއް ކައުންސިލްތަކުންވެސް ދަނީ އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް މަރުޙަބާ ވިދާޅުވެ، އައު ސަރުކާރަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވަމުންނެވެ.