ވިޔަފާރި

ފްރީ ޓްރޭޑް އެގްރީމެންޓްގެ މަޢުލޫމާތު ވިޔަފާރިވެރިންނަށް ދީފި


ފްރީ ޓްރޭޑް އެގްރިމެންޓާ ބެހޭގޮތުން ވިޔަފާރިވެރިންނާ ޚިޔާލުބަދަލުކުރެއްވުމުގެ ބައްދަލުވުންތަކެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފަށައިފިއެވެ.

މި ބައްދަލުވުންތަކުގެ ތެރެއިން މަސްވެރިކަމުގެ ވިޔަފާރީގައި ޙަރަކާތެރިވާ ފަރާތްތަކާއެކު އިޤްތިޞާދާބެހޭ ވަޒީރު ބައްދަލުކުރައްވާފައިވާކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ.

މި ބައްދަލުވުންތަކުގައި މަސްވެރިކަމުގެ އުފެއްދުންތަކުގެ ވިޔަފާރިކުރާ ފަރާތްތަކާއި، މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކާއި، އަދި އުފެއްދުންތައް މާރކެޓްކުރުމުގައި ހުރި ދަތިތަކާއި، އެދާއިރާގައި ހުރި މުހިންމު ކަންކަމާ ބެހޭގޮތުން މިނިސްޓަރ ވަނީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މި ބައްދަލުވުންތަކުގެ ބޭނުމަކީ ފްރީ ޓްރޭޑް އެގްރީމަންޓް އެކުލަވާލެއްވުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރެއްވުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.