ޅ.ނައިފަރުން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ ޅ. ނައިފަރު / ސީނިޔާގެ، ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް ކަމަށެވެ. މިއީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖެކެވެ. ފުލުހުން ވަނީ ގެއްލިގެން ހޯދަމުންދާ ކުއްޖާގެ ފޮޓޮއާއި މަޢުލޫމާތު އާއްމުކޮށް، ކުއްޖާ ހޯދުމުގައި އާއްމުންގެ އެހީތެރިކަމަށް އެދިފައެވެ.
މި ކުއްޖާގެ އާއިލާއަށް ޚަބަރެއްނުވެ، ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
ޚަދީޖަތު މައިސަރާ އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެމްބަރ 28 ވަނަ ދުވަހު ހަވީރު ނައިފަރުން ކަމަށް ފުލުހުން ވިދާޅުވެއެވެ. ގެއްލުނު އިރު ލައިގެންހުރީ މުށިކުލައިގެ ޓޮޕަކާއި މަޑުނޫކުލައިގެ ޖިންސެއް ކަމާއި އަރައިގެން ހުރީ ކަޅުކުލައިގެ ފައިވާނަކަށް ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވެއެވެ.
ޚަދީޖަތު މައިސާރާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.