ކުޅިވަރު

ހާނިމް، ފާއިލް، ތޮލާލު އެތުލެޓިސް އެސޯސިއޭޝަން ރައީސްކަމަށް


އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަމަށް ތޮލާލް، ފާއިލް އަދި ހާނިމް ކުރިމަތިލައްވައިފިއެވެ.

އެތުލެޓިސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ އާ އިންތިޙާބީ ޖަލްސާ މިމަހުގެ ތިރީސްވަނަ ދުވަހު ބޭއްވުމަށް އެ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީންވަނީ ނިންމާފައެވެ. އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަމަށް ކުރިމަތިލާފައިވާ މުހައްމަދު ތޮލާލްއަކީ މިހާރުވެސް އެ އެސޯސިއޭޝަންގެ ރައީސްއެވެ. މުހައްމަދު ފާއިލްއަކީ އެސޯސިއޭޝަންގެ އެކިއެކި ގައުމީ ޓީމްތަށްކަަށް ކޯޗްކޮށްދެމުން އަންނަ ގައުމީ ލެވެލްގެ ކޯޗެކެވެ. މުހައްމަދު ހާނިމްވަނީ މީގެ ކުރިން އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީގެ މަގާމް ފުރުއްވާފައެވެ. 

އެސޯސިއޭޝަންގެ ނައިބް ރައީސްކަމަށް ކުރިމަތިލާފައިވަނީ މާހިދު އިސްމާޢީލްއާ އަހުމަދު އަޒީލްއެވެ. ހަޒާންދާރުގެ މަގާމްއަށް ކުރިމަތިލާފައިވަނީ މުހައްމަދު ޝިހާންއާ އަހުމަދު ރަޢުހާންއެވެ. އެކްސްކޯގެ އަންހެން މެންބަރުކަމަށް ކުރިމަތިލާފައިވަނީ ޔަޒްނީ ނަޝީދުއާ ޔާސްމިން އަބްދުﷲއެވެ. އެކްސްކޯގެ ތިން މެންބަރުކަމަށް ކުރިމަތިލާފައިވަނީ ނަސްރުﷲ އަހުމަދުއާ މުހައްމަދު ޝާހިދު، މުހައްމަދު ސުޖާއު، އަހުމަދު ޝަގީފް، މުސްތަފާ މުހައްމަދު އަދި އިބްރާހީމް މަނިކެވެ.

މިމަހުގެ ތިރީސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެތްލެޓިސް އެސޯސިއޭޝަން އިންތިހާބްގައި ހޮވުމަށް ހަމަޖެހިފައިވަނީ ރައީސް، ނައިބް ރައީސް، ޙަޒާންދާރު، އަންހެން މެންބަރެއްގެ އިތުރުން، އެކްސްކޯއަށް ހޮވުމަށް ހަމަޖެހިފައިވާ ތިން މެންބަރުންނެވެ.