ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ ނާޠިފް ޢަބްދުއްސަލާމް ފެނިއްޖެ، ހާލު ރަނގަޅު


  • އޭނާ އަކީ ހދ.މަކުނުދޫއަށް ނިސްބަތްވާ ޒުވާނެއް

  • އޭނާގެ އުމުރަކީ 28 އަހަރު

  • ގެއްލިގެން ހޯދަނިކޮށް ފެނުނީ ރޭގެ ވަގުތެއްގައި މާލެއިން

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ގެއްލިގެން ހޯދަމުންދިޔައީ ހދ. މަކުނުދޫ، ސިތާރާމަންޒިލް، އުމުުރުން 28 އަހަރުގެ ނާޠިފް ޢަބްދުއްސަލާމެވެ.

ނާޠިފް ޢަބްދުއްސަލާމްގެ ޚަބަރެއް އާއިލާއަށް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އަދި އޭނާ ހޯދުމަށް އާއްމުންގެ އެހީއަށް އެދި ފުލުހުން އޭނާގެ މަޢުލޫމާތު އާއްމުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. ފުލުހުން ވިދާޅުވީ، ނާޠިފް ޢަބްދުއްސަލާމް ރޭގެ ވަގުތެއްގައި މާލެއިން ފެނިފައިވާކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމަށާއި، އޭނާ އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެމްބަރ 15 ވަނަ ދުވަހުކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ކުރިން ހާމަކުރައްވާފައިވެއެވެ. އެންމެ ފަހުން ފެނުނުއިރު ނާޠިފް ޢަބްދުއްސަލާމް ލައިގެންހުރީ ރުއްތަކެއް ޖަހާފައިހުރި ގަމީހަކާއި ސޯޓެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.