ކުޅިވަރު

ފަހު ވަގުތު ސެލްޓަ ބަލިކޮށް ބާސާ ތާވަލުގެ އެއްވަނައަށް


ސްޕެނިޝް ލީގުގައި ސެލްޓަ ވީގޯ ބަލިކޮށް ބާސެލޯނާއިން ލީގު ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ސެލްޓާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނޯވޭގެ ފޯވާޑް ޔޯގެން ސްޓްރެންޑް ލާސަން އެވެ. މިއީ ލޫކާ ޑިލާޓޯރޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކުރި ލަނޑެކެވެ.

ސެލްޓަ ވީގޯގެ ދެވަނަ ލަނޑު ފަހުހާފުގެ 76 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން ލާގޯ އަސްޕާސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ގްރީސް ފޯވާޑް އަނާސްޓޭސިއޯސް ޑޫވިކާސް އެވެ.

ބާސެލޯނާއިން މެޗުން މޮޅުވީ ފަހަތުން އަރާ ޖެހި ތިން ލަނޑުންނެވެ. ފުރަތަމަ ލަނޑު ފަހުހާފުގެ 81 ވަނަ މިނެޓުގައި ލެވަންޑޯވްސްކީ ކާމިޔާބުކުރި އިރު، އޭގެ ފަސް މިނެޓު ފަހުން އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑުވެސް ކާމިޔާބުކޮށްދިނީ ލެވަންޑޯވްސްކީ އެވެ. މެޗުން ބާސެލޯނާ މޮޅުވި ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ޔާއޮ ކަންސެލޯ އެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ބާސެލޯނާ އޮތީ ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކުއެވެ.

ަައަހުޒަމް

ވަރަށް ރަންގަޅު