ކުޅިވަރު

ފުލުގައި އޮތް ބާންލީ އަތުން ޔުނައިޓެޑަށް އުނދަގޫ މޮޅެއް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ރަށުން ބޭރުގައި ބާންލީ އަތުން ހޯދި މޮޅާއެކު މެންޗެސްޓާ ޔުނައިޓެޑުން ލީގު ތާވަލުގައި ފަސް ދަރަޖައިގެ ކުރިއެރުމެއް ހޯދައިފިއެވެ.

ޔުނައިޓެޑުން މި މެޗު ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މޮޅަކީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޖަރުމަނު ބަޔާން މިއުނިކް އަތުން 4-3 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު މި ސީޒަނުގައި އެ ޓީމު ކުޅުނު ހަތް މެޗުން ހޯދި ތިންވަނަ މޮޅެވެ.

މެޗުގެ ފުރަތަަމަ ހާފުގެ 25 ވަނަ މިނެޓުގައި މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ޖޯނީ އެވަންސް ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

ޔުނައިޓެޑުން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒެވެ. މިއީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނޯނީ އެވަންސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި މޮޅާއެކު ލީގުގައި ކުޅުނު ހަ މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 9 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 8 ވަނައިގައެވެ. ބާންލީ އޮތީ ހަމެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގެ ފުލުގައެވެ