ޔުއެފާ ޗެމްޕިއަންސްލީގުގެ ގްރޫޕް ސީގައި މުބާރާތުގައި އަލަށް ވާދަކުރަމުން އަންނަ ޖަރުމަނުގެ ޔޫނިއަން ބާލިން އަތުން ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑް އުނދަގޫ މޮޅެއް ހޯދައިފިއެވެ.ެ
ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މުޅި މެޗު ކަހަލަ ގޮތަކަށް ޑޮމިނޭޓުކޮށްގެން ރެއާލުން ކުޅުނު ނަމަވެސް ލަނޑުޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް އެ ޓީމަށް ތަނަވަސްނުކުރެވުނެވެ.
ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ދެވަނަ ހާފުގައި ރެއާލް މެޑްރިޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. މި ހާފުގައި ރެޒިލްގެ ފޯވާޑް ރޮޑްރިގޯގެ އިތުރުން ފްރާންސްގެ މިޑްފީލްޑަރު އެޑްގާޑޯ ކަމަވިންގާއަށް ލަނޑުޖަހާނެ ރަނުގެ ފުރުސަތެއް ލިބުނެވެ.
މެޗުގައި ރެއާލް މެޑްރިޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ބެލިންހަމް އެވެ. މިއީ މިސީޒަނުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އިން އެޓީމާއި ގުޅުމަށްފަހު އޭނާ ރެއާލަށް ކާމިޔާބުކޮށްދިން ހަވަނަ ލަނޑެވެ.
މި ގުރޫޕްގެ ދެވަނަ މެޗުގައި އިޓަލީގެ ޗެމްޕިއަން ނާޕޮލީ އާއި ޕޯޗުގަލްގެ ބްރާގާ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނަޕޯލީ އެވެ.