ކުޅިވަރު

މާމެންދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ޤާއިމުކުރަން ބަޔަކާ ޙަވާލުކުރައްވައިފި


ކުޅިވަރު ވަޞީލަތްތައް ޤާއިމުކުރެއްވުމަށް ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން ލ. މާމެންދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކުރައްވައިފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރާބެހޭ ވުޒާރާގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ހަނިމާދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކުރެއްވީ ތިޙްނާން އިންވެސްޓްމެންޓާއެވެ.

މި އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު މުޙައްމަދެވެ. އަދި ތިޙްނާން އިންވެސްޓްމެންޓުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ އަރުޝަމް އަބްދުލްރަހީމެވެ.

މާމެންދޫ ފުޓްބޯޅަ ދަނޑުގެ ޓާފް ލައިޓިން ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް އެ ކުންފުންޏާ ޙަވާލުކުރެއްވީ، މަސައްކަތް ފަށާތާ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢަކީ ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން ދެ މިލިޔަން ފަސްލައްކަ އަށްޑިހަ އެއްހާސް ނުވަސަތޭކަ އަށްޑިހަ ހަތް ރުފިޔާ ދިހަ ލާރި ޚަރަދުކޮއްގެން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.