މާލެއަށް ކިޔަވަން އަންނަ ކުދިން ގޭގައި ބައިތިއްބައިގެން ބެލެހެއްޓުމުގެ ކަންކަން ފުޅާދާއިރާއެއްގައި ކުރެއްވި މއ. ކޮއްޓަފަރު އިބްރާހިމް އަބޫބަކުރު (ކޮއްޓަފަރު ދޮންތުއްތު) މިއަދު ނިޔާވެއްޖެއެވެ.
އިބްރާހިމް އަބޫބަކުރު ނިޔާވެފައިވަނީ އުމުރުން 70 އަހަރުގައެވެ.
އިބްރާހިމް އަބޫބަކުރަކީ 1994 ވަނަ އަހަރުން ފެށިގެން އެކި ރަށްރަށުން މާލެއަށް ކިޔަވަން އަންނަ ކުދިން ކޮއްޓަފަރު ގޭގައި ބަލަހައްޓަމުން ގެންދިޔަ މީހެކެވެ. އެޚިދުމަތް ފުޅާ ކުރުމުގެ ގޮތުން އޭނާ ވަނީ ކޮއްޓަފަރުގައި "ކޮއްޓަފަރު ބޯޑިން ހޯމް" ގެ ނަމުގައި ތަނެއް ރަޖިސްޓަރީ ކޮށްފައެވެ. އެ ތަނުގައި ކުޅިވަރު ކުޅެވޭނެ ގޮތްތަކާއި ލައިބްރަރީއެއް ވެސް ގާއިމްކޮށް، އެ ގޭގައި ތިބޭ ކުދިންނަށް އެ ޚިދުމަތްތައްވެސް ފޯރުކޮށްދީފައިވެއެވެ.
ކޮއްޓަފަރު ދޮންތުގެ ނަމުން މަޝްހޫރުވެފައިވާ އިބްރާހިމް އަބޫބަކުރުގެ ކޮއްޓަފަރު ބޯޑިން ހޯމްގައި އެތައް ސަތޭކަ ކުދިންނެއް ބެލެހެއްޓިއެވެ. އެގޮތުން 1300 އަށްވުރެ ގިނަ ކުދިން މުޖުތަމަޢަށްވަނީ ނެރެފައެވެ.
ކޮއްޓަފަރު ދޮންތު އާއި އަނބިކަނބަލުން އަމީނާ އިބްރާހިމް ވަނީ ޖަމާއަތަށް ފައިދާ ހުރި ހާއްސަ ޚިދުމަތެއް ކުރުމުގެ ދާއިރާއިން 2007 ވަނަ އަހަރު ސަރުކާރުންވަނީ ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދުމަތެއް ކުރުމުގެ ދާއިރާއިން އާންމު ޚިދުމަތުގެ އިނާމް ދެއްވާފައެވެ.
ކޮއްޓަފަރުގައި ދިރިއުޅުނު ކުދިން އިބްރާހިމަށް މުޚަތަބު ކުރީ ބޭބެގެ ނަމުންނެވެ. އޭނާ ނިޔާވުމާއެކު މިއަދު ސޯޝަލް މީޑިއާގައި ވަނީ ތައުޒިޔާގެ މެސެޖްތައް ހިއްސާކޮށްފައެވެ.