ހުޅުމާލެ އަމީން އެވެނިއު ކައިރީގައި ހުރި ގެއެއްގެ ޓެރަހުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.
އަލިފާން ރޯވެފައިވާކަމުގެ މަޢުލޫމާތު ލިބުނީ 08:39 ހާއިރުކަމަށާއި، އަލިފާން ރޯވެފައިވަނީ ޓެރަހުގައި ޓިނުން ހަދާފައިހުރި ތަނެއްގައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. އަދި މި ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލެއްވެސް އަދި ނުލިބެއެވެ.