ރިޕޯޓް

ހުޅުމާލެ ބާބަކިއު އޭރިޔާގައި ޕަބްލިކް ފާހާނަ ބަރިއެއް ހަދަނީ


ހުޅުމާލޭ ބާބަކިއު އޭރިޔާއަކީ މިހާރަށްވުރެ ތަރައްޤީކުރެވިފައިވާ އަދި އެތަން ބޭނުންކުރާ މީހުންނަށް ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރެޝަން- އެޗް.ޑީ.ސީން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ހުޅުމާލެއަށް ޒިޔާރަތްކުރާ މީހުންނާއި ސަރަޙައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން އެންމެ ގިނައަދަދެއްގެ މީހުން ޒިޔާރަތްކުރާ އެއް ތަނެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ހުޅުމާލެ ބާބަކިއު އޭރިޔާއާއި ސެންޓްރަލް ޕާރކް ސަރަޙައްދެވެ. އެގޮތުން މި ދެ ސަރަޙައްދަކީ ތަރައްޤީކުރެވިފައިވާ ހިތްފަސޭހަ ތަންތަނަށް ހެދުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

img:http://s2.psmnews.mv/images/660x400/14583950903692.jpg|ހުޅުމާލޭ ބާބަކިއު އޭރިއާ- ފޮޓޯ: އެޗްޑީސީ

ހުޅޫމާލޭ ބާބަކިއު އޭރިޔާ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ ތެރެއިން އެޗް.ޑީ.ސީން ކުރަމުން ގެންދާ އެއް މަސައްކަތަކީ ބާބަބިކު އޭރިޔާގައި 7 ފާޚާނާ ހެދުމުގެ މަސައްކަތެވެ. ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ އެޗްއާރ އެންޑް މުނިސިޕަލް ސަރވިސްގެ ޑިރެކްޓަރ އަޙުމަދު މިރުޝާން ވިދާޅުވީ ކުރިޔަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ފާޚާނާތަކުގެ މަސައްކަތް ނިންމައި، ޢާންމުންނަށް ބޭނުން ކުރެވޭވަރުވާނެ ކަމަށެވެ.

އެ ސަރަހައްދުގައި އަލަށް އަޅާ 7 ފާހާނާގެ ތެރޭގައި އަންހެނުންނަށް ޙާއްސަ 3 ފާހާނައާއި ފިރިހެނުންނަށް ޙާއްސަ 3 ފާހާނަ  ހުންނާނެކަމަށް އެޗް.ޑީ.ސީ.ސީން މައުލޫމާތުދެއެވެ. އަދި ޙާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޙާއްސަ ފާޚާނާއެއް ވެސް ހުންނާނެކަމުގައި އެޗްޑީސީން މަޢުލޫމާތުދެއެވެ. މިސަރަޙައްދު ބޭނުންކުރާ ގިނަ މީހުންގެ ފަރާތުން އަންނަ އެންމެ ބޮޑު ޝަކުވާއެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ ޕަބްލިކް ފާޚާނާއެއް އެ ސަރަޙައްދުގައި ނުހުންނަ މައްސަލަ ކަމުގައި މިރުޝާން ފާހަގަކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/14583906417899.jpg|ހުޅުމާލޭ ބާބަކިޔު ސަރަހައްދު / ފޮޓޯ: ޕީ.އެސް.އެމް

މީގެ އިތުރުން ބާބަކިއު ސަރަޙައްދު ބޭނުންކުރާ ފަރާތްތަކުގެ ފަސޭހައަށްޓަކައި އެޗް.ޑީ.ސީން ވަނީ ޓަކްޝޮޕްގެ ޚިދުމަތްވެސް ދޭން ފަށާފައެވެ. އަމިއްލަ ބަޔަކާ ޙަވާލުކޮށްގެން ކުރިޔަށް ގެންދާ މި ފިހާރައިން ބާބަކިއު ހެދުމަށް ބޭނުންވާ ގިނަ ބާވަތްތަކެއް ލިބެން ހުންނާނެކަމަށް އެޗް.ޑީ.ސީން ބުނެއެވެ. މީގެ އިތުރުން ހުޅުމާލޭގައި ހުންނަ ބާބަކިއު އޭރިޔާ ބޭނުންކުރާ ފަރާތްތަކުން ނާށީގެ ބަދަލުގައި ކޯލް ބޭނުންކުރުމަށްވެސް އެޗް.ޑީ.ސީން އެދެއެވެ.



ހުޅުމާލެ ބާބަކިއު އޭރިޔާ ތަރައްޤީކޮށް، ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި މިހާރުވެސް ގިނަ ޕްލޭންތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ރޭވިފައެއެވެ.  އެގޮތުން ކުރިޔަށް އޮތްތާނގައި ބާބަކިއު ސަރަޙައްދުގެ ޖާގަ އިތުރުކުރުމުގެ ވިސްނުން ގެންގުޅޭކަމަށްވެސް އެކޯޕަރޭޝަނުން ހާމަކުރެއެވެ.



ބާބަކިއު އޭރިޔާގެ އިތުރުން ހުޅުމާލެ ސެންޓްރަލް ޕާރކް ތަރައްޤީކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުނެވެ. އެގޮތުން އެ ޕާރކްގެ ބޮޑު ސަރަޙައްދެއް މިއަހަރުގެ ތެރޭގައި ނިންމައި، ޢާމުންނަށް ބޭނުންކުރެވޭނެ ގޮތަށް ހުޅުވާލާނެކަމަށް އެޗް.ޑީ.ސީން ހާމަކުރެއެވެ. އެޗް.ޑީ.ސީގެ މިހާރުގެ ޕްލޭނަކީ އެ ޕާރކް، ޕާރކެއްގެ ގޮތުގައި ޢާމުންނަށް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުންކަމަށް އެޗްޑީސީން ބުނެއެވެ. އަދި ސެންޓްރަލް ޕާރކް މަރާމާތުކުރަމުން ގެންދަނި 4 ކުއާޓަރއަކަށް ބަހާލައިގެންކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14583914376946.jpg|ހުޅުމާލެ ސެންޓްރަލް ޕާކް ތަރައްޤީކުރުމުގެ ތެރެއިން / ފޮޓޯ: ޕީ.އެސް.އެމް

ބާބަކިއު އޭރިޔާއާއި ސެންޓަރަލް ޕާރކް ސާފުތާހިރު ރީތި ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި މަސައްކަތް ކޮށްދިނުމަށް، އެތަން ބޭނުންކުރާ ހުރިހާ ފަރާތްތަކުގެ ކިބައިން އެޗް.ޑީ.ސީން ވަނީ އިލްތިމާސްކުރައްވާފައެވެ.