ޚަބަރު

މަޝްހޫރު މިއުޒީޝަން މަސްއޫދު މޫސާ ދީދީ ނިޔާވެއްޖެ


  • މަސްއޫދު މޫސާ ދީދީ ނިޔާވީ މިރޭގެ ވަގުތެއްގައި އިންޑިއާގައި

  • އޭނާ ވަނީ އަމިއްލަ އެތައް ރާގަކާއި ހިތްގައިމު ލަވަތަކެއް ގެނެސްދީފައި

  • ބޮޑަށް މަޤުބޫލުވެގެންދިޔައީ އޮލިމްޕިއަންސް ބޭންޑުން

އޮލިމްޕިއަންސް ބޭންޑުން ވިދާލި ރާއްޖޭގެ މަޝްހޫރު މިއުޒީޝަން މަސްއޫދު މޫސާ ދީދީ ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މަސްއޫދު މޫސާ ދީދީ ނިޔާވީ މިރޭގެ ވަގުތެއްގައި އިންޑިއާގައެވެ. އޭނާއަކީ މަޝްހޫރު އެކްޓަރ އަދި ފިލްމް ޑިރެކްޓަރ އަޙްމަދު ނިމާލުގެ ދޮންބައްޕައެވެ.

މަސްއޫދު މޫސާ ދީދީއަކީ އަމިއްލަ އެތައް ރާގަކާއި، ހިތްގައިމު ލަވަތަކެއް އާއްމުންނާއި ހަމައަށް ގެނެސްދިން ކުޅަދާނަ މިއުޒީޝަނެކެވެ. އޭނާ ކިއްޔުވާފައިވާ ލަވަތަކުގެ ތެރެއިން "ދިރުމާ މަރާ ގުޅާލާ" އެއީ މިހާރުވެސް ދިވެހިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ލަވައެކެވެ.