ދުނިޔެ

ފްލައި ދުބާއީގެ ޖެޓެއް ވެއްޓި 62 މީހުން މަރުވެއްޖެ


62 ޕަސިންޖަރުނާއި ކްރޫ ގޮވައިގެން ދަތުރުކުރަމުންދިޔަ ފްލައި ދުބާއީގެ ޖެޓެއް ދެކުނު ރަޝިއާގެ އެއަރ ޕޯޓަކަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓި ބޯޓުގައި ތިބި ހުރިހާ މީހުން މަރުވެއްޖެއެވެ.

އޮފިޝަލުން ބުނީ ބޮއިންގް 737-800 މަރުކާގެ ޖެޓެއްކަމަށެވެ. ރަޝިއާގެ އެމަރޖަންސީ މިނިސްޓްރީއިން ބުނި ގޮތުގައި މިޖެޓް ވެއްޓިފައިވަނީ ދުބާއީއިން ރަޝިއާގެ ރޮސްޓޮފް-އޮން-ޑޯން އެއަރޕޯޓައް ޖައްސަން އުޅުމުގެ ތެރޭގައެވެ.

މިނިސްޓްރީން ބުނި ގޮތުގައި ޖެޓް ވެއްޓުނީ ފުރަތަމަ ފަހަރަށް ޖައްސަން އުޅެގެން އެކަން ކާމިޔާބު ނުވެ، ދެވަނަ ފަހަރަށް ބޯޓު އެއަރ ޕޯޓްގައި ޖައްސަން އުޅުމުގެ ތެރޭގައެވެ. މައްސަލަ ތަހުޤީޤުކުރަމުންދާ ކޮމިޓީއިން ބުނީ މިހާތަނަށް ކުރި ތަހުޤީޤުން ޖެޓުގައި ތިބި އެއްވެސް މީހަކު ސަލާމަތް ވި ކަމުގެ މަޢުލޫމާތު ލިބިފައި ނުވާކަމަށެވެ.

މިޖެޓުގައި ދަތުރުކުރި މީހުންގެ ތެރޭގައި ގިނައީ ރަޝިއާގެ ރައްޔިތުންކަމަށް ކަމާއި ބެހޭ ފަރާތްތަކުން މަޢުލޫމާތުދެއެވެ.