ޚަބަރު

ދައުރުވަމުންދަނީ ވަގު ނޫޓެއް ނޫން: އެމްއެމްއޭ


  • ވަގު ނޫޓުކަމަށްބުނެ ދަޢުރުވަމުންދަނީ 500 ރުފިޔާގެ ސައްހަ ނޫޓުތަކެއް

  • އާއްމުކޮށް ބޭނުންކުރާ ފައިސާއަށްވުރެ އެފައިސާގެ ސައިޒު ކުޑަ

  • ދައުރުވާ ފައިސާ ޗެކްކޮށް އެއީ ސައްޙަ ފައިސާކަންވަނީ ކަށަވަރުވެފައި

ދަޢުރުވަމުންދާ ފޮޓޯތަކުން ފެންނަ 500 ރުފިޔާގެ ފައިސާގެ ނޫޓަކީ، ޞައްހަ ނޫޓުތަކެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ.

ދެ ސައިޒަކަށް ހުރި، 500ރުފިޔާގެ ނޫޓުތަކެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި އަންނަނީ ދަޢުރުވަމުންނެވެ. މިކަމާއި ގުޅިގެން އެމްއެމްއޭއިން ވިދާޅުވީ، އެނޫޓުތައް އެމްއޭއިން ބަލާ ޗެކްކުރައްވާފައިވާކަމަށެވެ. އެގޮތުން ބެލިބެލުމުން، އެ ނޫޓުތަކަކީ ސައްޙަ ނޫޓުތަކެއްކަން ކަށަވަރުކުރެވިފައިވާކަމަށެވެ.

އެމްއޭއިން ވިދާޅުވީ ދެ ބެޗެއްގައި މިގޮތަށް ހުންނަ ނޫޓުތަކުގެ ސައިޒު ތަފާތުވުމަކީ އެކަށީގެންވާކަމަށާއި، އެއީ އާއްމު އުސޫލުން މުޢާމަލާތްކުރަން ބޭނުންކުރެވޭނެ ފައިސާކަމަށެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވާގޮތުގައި، މިދެސައިޒުގެ ތެރެއިން ކުޑަ ނޫޓުތައް އޭޓީއެމްތަކުން ބަލައެއްނުގަނެވެ.

މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން އެމްއެމްއޭއިން ބަލަމުން އަންނަ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.