ކުޅިވަރު

ދުންތަރި ޓޭބަލް ޓެނިސް މުބާރާތުގެ ޗެންޕިއަންކަން ދިރާގު ހޯދައިފި


 8ވަނަ ދުންތަރި މަނިކް މެމޯރިއަލް ޓޭބަލް ޓެނިސް މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެންބައިގެ ޗެމްޕިއަންކަން ދިރާގު ހޯދައިފިއެވެ.

 ރޭ ކުރިއަށްދިޔަ މިމުބާރާތުގެ ފައިނަލް މެޗްގެ ފުރަތަމަ ޑިވިޝަން ފިރިހެންބައިގެ ޗެމްޕިއަންކަން ދިރާގު ހޯދީ ފައިނަލްގައި ބީއެމްއެލްއާ ވާދަކޮށް ސީދާ 3 ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމުބާރާތުގެ ފުރަތަމަ ޑިވިޝަންގެ އަންހެންބައިގެ ޗެމްޕިއަންކަން ހޯދީ އެމްއޭސީއެލްއެވެ. އެމްއޭސީއެލް ޗެންޕިއަންކަން ހޯދީ ދިރާގުއާ ވާދަކޮށް ސީދާ ތިން ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.

މިމުބާރާތުގެ ދެވަނަ ޑިވިޝަން ޗެންޕިއަންކަން ހޯދީ މަލަހިނި ކުޑަ ބަނޑޮހެވެ. ބަނޑޮސް ޓީމް މިބައިގެ ޗެންޕިއަންކަން ހޯދީ ފައިނަލްގައި އެމްއޭސީއެލްއާ ވާދަކޮށް ސީދާ ތިން ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.

މިމުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެންބައިގައި 3 ޓީމް ވާދަކޮށްފައިވާއިރު އަންހެން ޑިވިޝަންގައި 13 ޓީމް ވާދަކޮށްފައިވެއެވެ.