ޚަބަރު

އަލިފާންގެ ހާދިސާ ހިނގި ވެގާ ޕޮއިންޓް ތަޅާލާތީ 4 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން


މއ.ވެގާ ޕޮއިންޓް ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެއިމާރާތް ތަޅާ ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާތީ 4 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭ އިން ހާމަކޮށްފިއެވެ.

އެންޑީއެމްއޭއިން ބުނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީ އެއިމާރާތާއި އިންވެގެން ހުރި އިމާރާތުގައި ދިރިއުޅުނު 4 ފަރާތަކަށް ކަމަށެވެ. މިފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ޢިމާރާތް ތަޅައި ސާފުކުރުމުގެ މަސައްކަތްކުރިއަށްދާތީ، އެޢިމާރާތާއި އިންވެގެން ހުރި ޢިމާރާތުގައި ދިރިއުޅުން ރައްކާތެރިނޫން ކަމަށް ފާހަގަ ކުރެވޭތީ އެ މަސައްކަތް ނިމެންދެން ކަމަށް އެންޑިއެމްއޭއިން ހާމަކުރެއެވެ.

ބުދަދުވަހުގެ ފަތިހުގެ ވަގުތެއްގައި ވެގާ ޕޮއިންޓް ފިހާރާގައި ހިނގި އަލިފާނުގެ ހާދިސާގައި އެފިހާރަވަނީ އަނދާ ހުލިވެފައެވެ. އަދި އެސަރަޙައްދުގައި ހުރި 15 ވަރަކަށް ސައިކަލް ވަނީ އަނދާފައެވެ. އަލިފާނުގެ މިހާދިސާއާ ގުޅިގެން ގުޅިގެން 3 މީހަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދީފައެވެ. އެހެންނަމަވެސް ވަގުތީ ހިޔަލަށް ބަދަލުކުރާ ވަރުގެ ހާލަތެއް އެއްވެސް މީހަކަށް ކުރިމަތިނުވާ ކަމަށް އެންޑިއެމްއޭއިން އިއްޔެވަނީ ބުނެފައެވެ.