ޚަބަރު

ވެގާ ޕޮއިންޓްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ވަގުތީ ހިޔާވަހިކަން ދޭކަށް ނުޖެހޭ


  • ވަގުތީ ހިޔަލަށް ބަދަލުކުރާ ވަރުގެ ހާލަތެއް އެއްވެސް މީހަކަށް ކުރިމަތިނުވޭ

  • މިހާދިސާއާ ގުޅިގެން 3 މީހަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދީފައި

ވެގާ ޕޮއިންޓްގައި ފަތިހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެއްވެސް ފަރާތެއް ވަގުތީ ހިޔާވަހި ކަމަށް ބަދަލުކޮށްފައި ނުވާކަމަށް ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އެން.ޑީ.އެމް.އޭ އިން ބުނެފިއެވެ.

އެން.ޑީ.އެމް.އޭ ބުނީ އެސަރަޙައްދުގައި ހުރި ގެތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ހާލުބަލަމުންދާކަމަށެވެ.

އެގޮތުން އަލިފާން ރޯވި ފިހާރައާ، އިންވެގެން ހުރި އިމާރާތުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ދުމުގެ އަސަރުކޮށްގެން 3 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާކަމަށެވެ. އޭގެތެރެއިން ދެމީހުން ދޫކޮށްލާފައިވާއިރު އެކަކު އެޑްމިޓްކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ. އެޑްމިޓްކޮށް ފަރުވާދެމުން އަންނަ ފަރާތުގެ ހާލު ރަނގަޅުކަމަށްވެސް އެން.ޑީ.އެމް.އޭ އިންބުނެއެވެ.

ވެގާ ޕޮއިންޓްގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ފިހާރަ އެއްކޮށް ވަނީ އަނދާ ހުލިވެފައެވެ. އަދި އެސަރަޙައްދުގައި ހުރި 15 ވަރަކަށް ސައިކަލް ވަނީ އަނދާފައެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.