ކުޅިވަރު

ޔޫރަޕާ ލީގު ކުއަޓަރ ފައިނަލްގައި ލިވަޕޫލާ ޑޯޓްމުންޑް


ޔޫރަޕާ ލީގުގެ ކުއަޓަރ ފައިނަލްގައި ކްލޮޕްގެ މިހާރުގެ ޓީމް ލިވަޕޫލާ ކުރީގެ ޓީމް ޑޯޓްމުންޑާ ވާދަކުރަން ޖެހިއްޖެއެވެ. ޔޫރަޕާ ލީގުގެ ގުރުލުން ނެގިއިރު ޔާގެން ކްލޮޕްގެ އިރުޝާދުގެ ދަށުން ލިވަޕޫލް ވަނީ ފަހަކަށް އައިސް ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.

 ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑް ޔޫރަޕްގެ ގަދަ ބާރަކަށް ހަދައިދިން ޔާގެން ކްލޮޕް ޑޯޓްމުންޑް ދޫކޮށް ލިވަޕޫލަށް ބަދަލުވީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގައެވެ. ކްލޮޕްވަނީ ޑޯޓްމުންޑަށް ލީގު ހޯދަދިނުމުގެ އިތުރުން ޗެމްޕިއަންސް ލީގު ފައިނަލުންވެސް ޖާގަ ހޯދަދީފައެވެ،

އެންމެ ފަހުގެ ދެއަހަރު ޔޫރަޕާ ލީގު ކާމިޔާބުކުރި ސްޕެއިންގެ ސެވިއްޔާ ކުއަޓަރ ފައިނަލްގައި ވާދަކުރާނީ އެތްލެޓިކް ބިލްބާއޯއާއެވެ. ވިޔަރެއާލްއާ ޗެކްރިޕަބްލިކްގެ ސްޕާޓަރ ޕްރާގާ ވާދަކުރަން ޖެހުނުއިރު ޕޯޗްގަލްގެ ބްރާގާ ވާދަކުރަން ޖެހޭނީ ޔޫކްރެއިންގެ ޝަކްތަރ ޑޮނެސްކާއެވެ. ޔޫރަޕާ ލީގުގެ ކުއަޓަރ ފައިނަލް މެޗްތަށް ކުޅޭނީ އަންނަ މަހުގެ 7 އަދި 14ގައެވެ.