ޚަބަރު

10 ސެޕްޓެމްބަރުވާ އާދިއްތަ ދުވަސް ސަރުކާރު ބަންދު


  • މި ދުވަސް ބަންދު ކުރަނީ އިންތިޚާބުގެ އެކި ކަންކަމުގައި ސަރުކާރުގެ ގިނަ މުވައްޒަފުން ހަރަކާތްތެރިވާނެތީ

  • އާދިއްތަ ދުވަސް ބަންދުކުރަން ނިންމެވީ އިލެކްޝަންސް ކޮމިޝަންގެ އެދުމުގެ މަތިން

އަންނަ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

މިގޮތަށް ހަމަޖެއްސެވީ، ސެޕްޓެންބަރު މަހުގެ 9 ވާ ހޮނިހިރު ދުވަހަކީ، ރިޔާސީ އިންތިޚާބު ބާއްވާ ދުވަސް ކަމަށް ވުމާއެކު، އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީއާއި، އެ ދުވަހާ ގުޅިގެން، ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައިވާތީއެވެ.

ކޮންމެ އަހަރެއްގެވެސް ރިޔާސީ އިންތިޚާބާ ގުޅިގެން އިންތިޚާބު އޮންނަ ދުވަސް ނޫން އަނެއް ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވައެވެ.