ހިންދޫ ދީނުގެ ހާމުދުރަކު އޭނާގެ ދީނީ ދަރުހެއް މާލޭގައި ބާއްވަން ނިންމައި އެކަމުގެ އިޝްތިހާރުތައް ކުރަމުން އަންނާތީ އެމީހާ ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ އޭނާއާއި އެކަމުގައި އެހީތެރިވެތިން އިތުރު މީހަކުވެސް ހައްޔަރުކޮށްފައިވާކަމަށެވެ.
ފުލުހުން އެމީހުން ހައްޔަރުކޮށްފައިވާކަަމށް ބުނެފައިމިވަނީ، އެ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށައަޅާފައިވާކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވެފައިވަނިކޮށެވެ.
ހިންދޫ ދީނާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތައް މިއަދާއި މާދަމާ މާލޭގެ ހޮޓަލެއްގައި ކުރިއަށް ގެންދިއުމަށް ނިންމާ އެކަމުގެ އިޝްތިހާރުތައް އަންނަނީ ކުރަމުންނެވެ.
Male ge hotel ehgai “spiritual healer”eh ge namugai dheenee ebbaivanthakan himaayaiy kurumuge qaanoonaa khilaaf amalthakeh hingan ishthihaaru kuraa kamuge mauloomaath libigen emassala ballavai fiyavalhu alhuvvaidhevvumah fuluhunge idhaaraa ah vanee hushahalhaafa.
— Ahmed Zahir Ali (@AhmedZahirAli) August 31, 2023
އެކަމާ ގުޅިގެން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވީ މާލޭގެ ހޮޓަލެއްގައި "ސްޕްރިޓުއަލް ހީލާ"ގެ ނަމުގައި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނާއި ޚިލާފް އަމަލުތަކެއް ހިންގަން އިޝްތިހާރު ކުރާ ކަމުގެ މަޢުލޫމާތު ލިބިގެން އެމައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ފުލުހުންގެ އިދާރާއަށް ހުށައަޅާފައިވާކަމަށެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ ޓޫރިސްޓް ވިސާގައި ރާއްޖެއަށް އައިސްހުރި އިންޑިއާ މީހަކު، ދިމާވާ ގޮންޖެހުންތަކަށް ރޫހާނީ ޙައްލު ހޯދައިދިނޭން ދަސްކޮށްދޭ ކްލާސްތަކެއް ކަމަށްބުނެ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އެމީހާއާއި އެކަމުގެ ބައިވެރިވިކަމަށް ބެލެވޭ އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށާއި، އެކަމާއި ގުޅޭ މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައަކީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި ބެހޭ ޤާނޫނާއި އިމިގްރޭޝަން ޤާނޫނާއި ޚިލާފްކަމެއްކަމަށްވާތީ ކަމާގުޅޭ އިދާރާތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.