ޚަބަރު

ލ.ފޮނަދޫގައި 50 ހައުސިން ޔުނިޓް އެޅުމަށް ބަޔަކާ ހަވާލުކޮށްފި


ލ.ފޮނަދޫގައި ފަންސާސް ހައުސިންގ ޔުނިޓް ޢިމާރާތްކުރުމަށް ތަނބުރުމާ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރައްވައިފިއެވެ.

ހައުސިންގ މިނިސްޓްރީން މިއަދު ވަނީ ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ބިން ޙަވާލުކުރުމާއި، ހައުސިންގ ޔުނިޓް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ތަނބުރުމާ ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކުރައްވާފައެވެ. މި ހައުސިންގ ޔުނިޓްތަކުގެތެރޭގައި ލ.ފޮނަދުއަށް ބަދަލުވެފައިވާ ގާދޫ މީހުންނަށް ޢިމާރާތްކުރާ 23 ގެވެސް ހިމެނޭކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. އަދީ ބާކީ ގެތަކަކީ ފޮނަދޫ މީހުންނަށް ޚާއްސަކޮށް އަޅަމުންދާ ގެތައް ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. 

ލ.ގާދޫއިން ފޮނަދޫއަށް 108 ޢާއިލާއެއް ބަދަލުވެފައި ވާއިރު އެ އާއިލާތަކުގެ ތެރެއިން 23 ޢާއިލާ އުޅެމުންދަނީ ފޮނަދޫގެ ބައެއް ގެތަކުގައި ސަރުކާރުގެ ޚަރަދުގައި ކުލި ދައްކައިގެންނެވެ. ފޮނަދޫއަށް ބަދަލުވި އާއިލާތަކަށް ޚާއްސަކޮށް މިސްކިތެއް ޢިމާރާތް ކުރުމަށްވެސް ސަރުކާރުން ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.