ޚަބަރު

ފޭކް ސްލިޕް ބޭނުންކޮށްގެން ރާސްޓަސް ކުރި ބިދޭސިއަކު ހޯދަނީ


  • މި މައްސަލައިގައި ހޯދަނީ ބަންގްލަދޭޝްގެ ރައްޔިތެއް

  • އޮލުވާލައިގެން 17،471 ރުފިއާގެ ރާސްޓަސް ކުރި

ފޭކް ސްލިޕް ބޭނުންކޮށްގެން ރާސްޓަސް ކުރި މީހާ

ސައްހަ ނޫން އިންޓަނެޓް ބޭންކިން ސްލިޕްތަކެއް ފޮނުވައިގެން ފިހާރައަކުން ރާސްޓަސް ކުރި ބިދޭސިއަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފިއެވެ.

މިމައްސަލައިގައި ހޯދަނީ ބަންގްލަދޭޝް މީހެއް ކަމައްވާ އުމުރުން 35 އަހަރުގެ އަރްޝަދު މިއާއެވެ.

އޭނާ ހޯދަން ފުލުހުން އިއުލާންކުރީ ސައްހަ ނޫން އިންޓަނެޓް ބޭންކިން ސްލިޕްތަކެއް ފޮނުވައި މަކަރާއި ހީލަތުން އޮޅުވާލައިގެން ފިހާރައަކުން ރާސްޓަސް ކޮށްފައިވާ މައްސަލައެއްގައެވެ.

ފުލުހުން ބުނީ އޮޅުވާލައިގެން ފިހާރައަކުން 17،471 ރުފިއާގެ ރާސްޓަސް ކުރި ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭކަމަށެވެ.

އަރްޝަދު މިއާ ހާޒިރުވާން އަންގާފައިވަނީ މިމަހު 25 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ބ.އޭދަފުށީ ޕޮލިސްޓޭޝަނަށެވެ.