ޚަބަރު

އައިވަރީކޯސްޓްގައި ދިން ބަޑީގެ ޙަމަލާގައި 16 މީހުން މަރުވެއްޖެ


އައިވަރީ ކޯސްޓްގެ ބީޗް ރިސޯޓް ސަރަޙައްދަކަށް އަމާޒުކޮށް އަލްޤައިދާއަށް ނިސްބަތްވާ ހަނގުރާމަވެރިންތަކެއް ދިން ބަޑީގެ ހަމަލާތަކެއްގައި 16 މީހުން މަރުވެއްޖެއެވެ. ހަނގުރާމަވެރިން ދިން މިހަމަލާ އަމާޒުވެފައިވަނީ އައިވަރީ ކޯސްޓްގެ ގްރާންޑް ބައްސާމް ސަރަހައްދުގައި ހުރި 6 ހޮޓަލަކަށް ކަމަށް އޮފިޝަލުން މައުލޫމާތުދެއެވެ. މިކަމުގައި ބައިވެރިވި ހަނގުރާމަވެރިންނާއި އައިވަރީ ކޯސްޓްގެ ސްޕެޝަލް ފޯސަސްއާއި ދެމެދު ބަދަލްކުރެވުނު ހަމަލާގައި ހަމަލާދިން 6 ހަނގުރާމަވެރިން ވަނީ މަރުވެފައެވެ. މިހާތަނަށް މަޢުލޫމާތު ލިބިފައިވާ ގޮތުން މިޙަމަލާގައި މަރުވެފައިވާ މީހުންގެ ތެރޭގައި ވިލާތުގެ ހަތަރު ފަތުރުވެރިން ހިމެނެއެވެ. ފަހަކަށްއައިސް އަލްޤައިދާގެ ހަނގުރާމަވެރިންވަނީ އައިވަރީ ކޯސްޓްގައި މިފަދަ ގިނަ ޙަމަލާތަކެއް ދީފައެވެ. މިގޮތުން މީގެ ދެމަސްދުވަސްކުރިންވެސް އައިވަރީ ކޯސްޓްގެ ހޮޓަލަކަށް އަމާޒުކޮށް އަލްގައިދާގެ ހަނގުރާމަވެރިން ދިން މިފަދަ ހަމަލާއެއްގައި ވަނީ 12އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.