އެމްޓީސީސީންް މާލޭ ސަރަހައްދުގައި ދޭ ބަހުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލޭ ހިޔާ ސަރަހައްދުގައި އިތުރު ބަސް ސްޓޮޕެއް ހަދައިފިއެވެ.
އެމްޓީސީސީން ބުނީ ހިޔާ ފްލެޓްތަކުގެ 14، 15 އަދި 16 ވަނަ ޓަވަރުގައި ދިރިއުޅެމުން ގިނަ ބަޔަކު އެދެމުން އަންނާނާތީ ޓަވަރު 16ގެ ކައިރީގައި ބަސް ސްޓޮޕެއް މިހާރު ޤާއިމުކޮށްފައިވާކަމަށެވެ. އަދި މިއަދުން ފެށިގެން
އާރު 6، އާރު 7، އާރު 8 އަދި އާރު 9ގެ ބަސްތައް މި ސްޓޮޕަށް މަޑުކުރަމުން ގެންދާނެކަމަށްވެސް އެކުންފުނިންް ވިދާޅުވެއެވެ.
މާލެއިން ހުޅުމާލެ ފޭސް ދޭކަށް ދަތުރުކުރާ އާރުޓީޢެލްގެ ބަސްތައް ކުރިން 5 ތަނަކަށް ހުއްޓައެވެ. މި ބަދަލާއި އެކު ހުޅުމާލޭ ފޭސް 2 ގެ 6 ތަނަކަށް ބަސްތައް މަޑުކުރާނެއެވެ.
އެމްޓީސީސީން އަންނަނީ ހުޅުމާލެއިން ކޮންމެ 15 މިނަޓަކުން ބަސް ދަތުރުތައް ބާއްވަމުންނެވެ. ހުޅުމށާލެެ އާއއި މާލެއާ ދޭތެރޭ ދަތުރުކުރުމަށް ޑަބަލް ޑެކްގެ 37 ބަސް ބޭނުންކުރަމުން ނެވެ. އޭގެތެރޭގައި ހިމެނެނީ 2018 ވަނަ އަހަރު ގެނައި 22 ބަހަކާއި މިދިޔަ އަހަރު ގެނައި 15 ބަހެވެ.