އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤްގެ ދަރިކަލުން، އަޙްމަދު ފުވާދު ނިޔާވެއްޖެއެވެ.
ޢުމުރުން 47 އަހަރުގެ އަޙްމަދު ފުވާދު ނިޔާވީ އިންޑިއާގެ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަހްމަދު ފުވާދު، ފުރަމޭގެ ބައްޔެއްގައި ފަރުވާ ހޯދަމުން އަންނަތާ ވަނީ ދުވަސްތަކެއް ވެފައެވެ. ނަމަވެސް އޭނާ ނިޔާވި ކާޑިއެކް އެރެސްޓެއްގައެވެ.
ފުވާދު ތައުފީޤްގެ ފަސް ބޭފުޅުންގެ ތެރެއިން ދެވަނައަށް ހުންނަވާ އަޙްމަދު ފުވާދަކީ ރިސޯޓް މިއުޒިކްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި މިއުޒީޝަނެކެވެ.