ކުޅިވަރު

ބީޖީ ސްޕޯޓްސް ކުލަބްގެ ފަރިތަކުރުންތަށް ފަށައިފި


ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ބީޖީ ސްޕޯޓްސް ކްލަބްގެ ފަރިތަކުރުންތައް އިއްޔެ ފަށައިފިއެވެ. 

ނަން މަޝްހޫރު މާގިނަ ކުޅުންތެރިންތަކަކާ ނުލާ ބީޖީ ސްޕޯޓްސް ކުލަބްގެ ފަރިތަކުރުންތައް ފެށިއިރު، ބީޖީގައި ހިމެނެނީ ފުރަތަމަ ޑިވިޝަންގައި މީގެ ކުރިން ކުޅެ ތަޖުރިބާ ހޯދާފައިވާ ކުޅުންތެރިންނާއި، މިދިޔަ އަހަރު އެޓީމަށް ކުޅެފައިވާ ކުޅުންތެރިންނެވެ. އޭގެތެރޭގައި ނިއުއާއި، ބީޖީއަށް ކުޅެފައިވާ ކީޕަރު ޔަމާން، އޭވައިއެލްގައި މޮޅު ކުޅުމެއްދެއްކި އަހުމަދު ޒުބެއިރު ފާހަގަކޮށްލެވެއެވެ.

ބީޖީ މިއަހަރު ސީޒަން ފަށާނީ، އެޓީމް ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްދިން ކޯޗް މުހައްމަދު ޝާޒްލީއާއެކުގައެވެ. މިދިޔަ އަހަރުވެސް ބީޖީއަށް އިރުޝާދުދިނީ ޝާޒްލީއެވެ. މިއަހަރުގެ ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ހުރިހާ ޓީމެއްވެސް ވަނީ އާ ސީޒަނަށް ފަރިތަކުރުންތައް ފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަ ފަރިތަކުރުންތައް ފަށާފައިވަނީ މާޒިޔާއާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. ބީޖީގެކުރިން ޔުނައިޓެޑްވިކްޓްރީވެސް ވަނީ ޕްރެކްޓިސް ފަށާފައެވެ.