ޚަބަރު

އިންތިޚާބުގައި ވާދަކުރެއްވުމަށް އިލްޔާސް ފޯމް ހުށައަޅުއްވައިފި


  • އިލްޔާސްގެ ރަނިންމޭޓަކީ ޙުސައިން އަމްރު

  • ދަ ޑިމޮކްރެޓްސްއިން ވަނީ އެއް ކެނޑިޑޭތަކު ނެރުމަށް ބައެއް ޕާޓީތަކާ މަޝްވަރާކޮށްފަ

  • ދަ ޑިމޮކްރެޓްސްއަކީ ރައީސް ނަޝީދު އިސްވެ އުފައްދަވާފައިވާ ޕާޓީއެއް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރަޓްސްގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓް، އިލްޔާސް ލަބީބްގެ ރަނިންގމޭޓަކަށް ހުސެއިން އަމްރު ހަމަޖައްސަވައި ކެންޑިޑެސީ ފޯމު އިލެކްޝަން ކޮމިޝަނަށް ހުށައަޅައިފިއެވެ. އިލްޔާސްގެ ރަނިންގ މޭޓަކަށް އަމްރު ހަމަޖައްސެއްވިކަން އިއުލާންކުރެއްވީ މިއަދުއެވެ. އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފޯމު ލާފައިވަނީ އޭގެ ތިންގަޑިއިރު ފަހުންނެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ފޯމް ހުށައެޅުއްވީ އިލްޔާސްލަބީބެވެ. އަދި ފޯމާ ހަވާލުވެވަޑައިގަތީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީޤެވެ.

ދަ ޑިމޮކްރަޓްސްގެ ރިޔާސީ ކެނޑިޑޭޓް ހުޅުމީދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބްގެ ރަނިންމޭޓަކަށް ހަމަޖެއްސި ހުސެއިން އަމްރު ވަނީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަން އަދާކުރައްވާފައެވެ. އަދި މިއަހަރުގެ މާޗުމަހު އެ މަޤާމުން ވަނީ އިސްތިއުފާ ދެއްވާފައެވެ.

ދަ ޑިމޮކްރަޓްސްއަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓިއެކެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް ރަނިންގ މޭޓް އިއުލާންކޮށްފައި ނުވަނީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ އިތުރުން ފާރިސް މައުމޫނުގެ އިތުރުން ޑރ މުހައްމަދު މުނައްވަރު އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ސުންގަޑި މަދަމާ 14:00އަށް ހަމަވާނެއެވެ.