ޚަބަރު

"ބައިކް މޯލްޑިވްސް" އިން މާލޭގައި ބައިސްކަލް ބުރެއް ބާއްވައިފި


ރާއްޖޭގެ ތިމާވެއްޓާއި ޒުވާނުންގެ ދުޅަހެޔޮކަމާއި، ކުޅިވަރު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރާ "ބައިކް މޯލްޑިވްސް"ގެ ހަރަކާތްތަކަށް އަހަރެއް ފުރުމާއި ގުޅިގެން މާލޭގައި ބައިސްކަލް ބުރެއް ބާއްވައިފިއެވެ.

ސޯޝަލް ސެންޓަރު ކުރިމަތިން ފެށި މި ބައިސްކަލު ބުރު މާލޭގެ އެކި މަގުތަކުގައި ދުއްވުމަށް ފަހު ނިންމާލާފައިވަނީ ރަސްފަންނު ސަރަހައްދަށެވެ. ޕީއެސްއެމްއަށް މައުލޫމާތުދެމުންބައިކް މޯލްޑިވްސްގެ އިވެންޓް ކޯޑިނޭޓަރ އަސްމާ ހަސަން ބުނީ މި ހަރަކާތުގެ އެންމެ ބޮޑު ބޭނުމަކީ ބައިސްކަލް ދުއްވުމުގެ ސަބަބުން ލިބޭ ސިއްޙީ ފައިދާއާއި މިކަމުން ތިމާވެއްޓަށް ކުރާ ފައިދާތަކާމެދު މީހުން ހޭލުންތެރި ކުރުވުންކަމަށެވެ.

ބައިކް މޯލްޑިވްސް އިން ބުނީ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން މިރޭ 8:30 ގައި ހިރިޔާ ސްކޫލުގައި ފަރިއްކޮޅެއް ބާއްވަން ވެސް ހަމަޖެހިފައިވާ ކަމަށާއި އެ ފަރިއްކޮޅު ހިނގަމުންދާއިރު ބައިކް މޯލްޑިވްސްއިން ފޮޓޯ މައުރަޒެއްވެސް ކުރިއަށްދާނެ ކަމަށެވެ.

މީގެ އިތުރަށް އެދުވަހާއި ގުޅުވައިގެން ޚާއްސަ ލަވައެއް އާއްމުކުރުން އޮންނާނެ ކަމަށް އެފަރާތުން ހާމަކޮށްފައިވެއެވެ.