ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަންމާފުޅު ފާތިމަތު ހަސަން އަވަހާރަވެއްޖެއެވެ. އެކަމަނާ އަވަހާރަވީ ސިއްހީ ހާލުކޮޅު ދެރެވަގެން ސްރީލަންކާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.
ރައީސް ޔާމީންގެ މަންމާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދޮންމަންމާފުޅު ފާތިމަތު ހަސަން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުންނެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 86 އަހަރުއެވެ.
ރައީސް ޔާމީންގެ އިތުރުން އެކަމަނާގެ 5 ބޭފުޅަކު ތިއްބަވައެވެ.