ޚަބަރު

ރަޝިޔާ ސަފީރު، ފޮރިން މިނިސްޓަރާއި ޑިފެންސް މިނިސްޓަރުގެ އަރިހަށް ޒިޔާރަތްކުރައްވައިފި


ރަޝިއާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ލެވަން ދެޒްހަގްރޭން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުމުގައި ރަޝިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ ރާއްޖޭގެ މިނިވަން ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންގެ ފަރާތުން ރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާއަށް އިބްރާޙީމް މުހައްމަދު ސާލިޙަށް ދެންނެވުމަށް ފޮރިން މިނިސްޓަރަށް ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

ފޮރިން މިނިސްޓަރގެ އިތުރުން ރަޝިއާގެ ސަފީރު ވަނީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ އަރިހަށްވެސް ޒިޔާރަތްކުރައްވާފައެވެ.

މިނިސްޓރީ އޮފް ޑިފެންސްގައި ކުރިއަށްގެންދިޔަ މި ބައްދަލުކުރެވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާއި ރަޝިޔާއާ ދެމެދުއޮތް ގުުޅުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުންދެގައުމުގެ ގުޅުން ބަދަހި ކުރުމަށް ކުރެވެން ހުރި މަސައްކަތަކާއި ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.