އދ.ގެ ގްލޯބަލް އޮޕަރޭޝަނަލް ނެޓްވޯކް އޮފް އެންޓި-ކޮރަޕްޝަން ލޯއެންފޯސްމަންޓް އޮތޯރިޓީސް (ގްލޯބްއީ ނެޓްވޯކް)ގެ މެންބަރުކަން އެންޓިކޮރަޕްޝަން ކޮމިޝަނަށް ލިބިއްޖެއެވެ.
ގްލޯބްއީގެ މެމްބަރަކަށް އޭސީސީ ވީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ގްލޯބްއީ ނެޓްވޯކަކީ ގައުމުތަކުގައި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ އިދާރާތަކުގެ ގުޅުން ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާކޮށް ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް މަޝްވަރާކޮށް ގުޅިގެން މަސައްކަތް ކުރުމުގެ އަމާޒުގައި މަސައްކަތްކުރާ ނެޓްވޯކެކެވެ.
އެގޮތުން ބައްދަލުވުންތަކާއި ތަފާތު ހަރަކާތްތައް ބާއްވައިގެންނާއި ވާޗުއަލް މަންސަތައް މެދުވެރިކޮށް އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ގްލޯބްއީ ނެޓްވޯކް މެދުވެރިކޮށް ލިބިގެންދެއެވެ.
ގްލޯބްއީ ނެޓްވޯކްގެ މެންބަރު އިދާރާތައް 91 ޤައުމެއްގައި ހިމެނޭއިރު އިދާރާތަކުގެ އަދަދު މިހާރުވަނީ 161 އިތުރުވެފައެވެ.
ގްލޯބްއީ ނެޓްވޯކްގެ މެނަބަރުކަން އޭސީސީއަށް ލިބުމާއެކު ކޮރަޕްޝަނާއި ދެކޮޅަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކާއި، ފަހި ފުރުޞަތުތަށް ލިބިގެންދާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ..