ޚަބަރު

ރާއްޖެއަކީ ދުނިޔޭގެ ސަލާމަތާ ރައްކާތެރިކަމަށް ވަރަށް މުހިންމު ދައުރެއް އަދާކުރަންޖެހޭ ޤައުމެއް: ޢިމްރާން


  • ފުލުހުން ފާރަވެރިވެ، ކުށްކުރާ މީހުން އަތުލައިގަތުމަށް ފަސޭހަތަކެއް އަންނަނީވަމުން

  • ރާއްޖެއޮތް ސަރަހައްދު ދުނިޔޭގެ އަމާންކަމަށް މުހިންމު ދައުރެއް އަދާކުރޭ

ދިވެހިރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން ދުނިޔޭގެ ސަލާމަތާ ރައްކާތެރިކަމާއި އަމާންކަމަށް ވަރަށް މުހިންމު ދައުރެއް އަދާކުރަންޖެހޭ ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއަރޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޢިމްރާން މިހެން ވިދާޅުވީ، މުޖުތަމައުގެ އަމާންކަން ކަށަވަރުކުރުމާއި ޤާނޫނު ތަންފީޒުކުރުމަށްޓަކައި ޓެކްނޮލޮޖީގެ ދާއިރާއިން ފުލުހުން ހޯދާފައިވާ ކުރިއެރުންތައް ދައްކުވައިދޭ "ސެންޓަރ އޮފް އެކްސެލެންސް ފޯ ޕަބްލިކް ސޭފްޓީ ޔުނިޓް" އައްޑޫގައި ހުޅުވުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ސެންޓަރ އޮފް އެކްސެލެންސް ފޯ ޕަބްލިކް ސޭފްޓީ" ޔުނިޓަކީ ފުލުހުންނަށް ހުށައެޅޭ މައްސަލަތައް ބެލުމަށާއި، ކުށްކުރާ މީހާ ދެނެގަތުމަށް ޒަމާނީ ވަސީލަތްތަކާއެކު، ހަދާފައިވާ ޔުނިޓެކެވެ. މި ޔުނިޓްގެ މަސައްކަތައް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ، ރާއްޖެއަކީ އާބާދީ މަދު ބިންކޮޅު ކުޑަ ޤައުމެއްނަމަވެސް ގުދުރަތީގޮތުން ދިވެހި ރާއްޖެ އޮތް ސަރަހައްދަކީ ދުނިޔޭގެ ސަލާމަތާ ރައްކާތެރިކަމާ އަމާންކަމަށް ވަރަށް މުހިންމު ދައުރެއް އަދާކުރަންޖެހޭ ގައުމެއްކަމަށެވެ. އެކަންކަން ބެލެހެއްޓުމަށް ފުލުހުން ފާރަވެރިވެ، ކުށްކުރާ މީހުން އަތުލައިގަތުމަށް ފަސޭހަތަކެއް ވަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ވަކިން ޙާއްސަކޮށް ޖަރީމާތަކާ މުޖުރިމުން މި ސަރަހައްދުގެ ކަނޑުގެ ސަރަހައްދުތަކުގައި ހިންގާއިރު، ސަރަހައްދީ ރޮނގުތަކުން ކުރެވިފައިވާ ޒަމާނެއްގައި ރާއްޖެފަދަ ކަޏޑުގެ ސަރަހައްދު ބޮޑު ގައުމަކުނން ގައުމެއްގެ ރައްކާތެރިކަމަށް އަރާ ކޮންމެ ލޮޅުމަކީ އެތައްހާސް މޭލަކަށް ފެތުރިގެންދާނެކަމެއް.

މިނިސްޓަރ ވިދާޅުވީ، ޒަމާނީ ވަސީލަތްތައް ޤާއިމްކޮށް ފުލުހުންގެ ޙިދުމަތް ފުޅާކުރުމަށް މި 5 އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އެގޮތުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުށްކުރާ މީހުން ދެނެގަނެ ކުށްމަދު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވި، ކުށްކުރާ މިންވަރު ވަރަށް ބޮޑަށް މަދު ކުރެވިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މުޅިވެށީގައި ހުރި ހުރިހާ ސިފަތައް ދެނެގަނެ ކުށެއް ހިނގާހިނދު އަވަސް މިނެއްގައި އަޅަންވާ ފިޔަވަޅުތައް ދެނެގަނެ އަވަސްގޮތުގައި ފިޔަވަޅު އެޅިގެން ދިއުމަށް މުހިންމު ދައުރެއް މި ޔުނިޓްމެދުވެރިކޮށް ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މުޖުތަމައުގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރަށް މަގުފަހިވެގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެފަދަ ކުޑަ ޤައުމެއްގައި ކުރިއަރާފައިވާ ޤައުމުތަކުގައި ބޭނުންން ކުރާފަދަ ވަސީލަތް ބޭނުންކޮށް އެ ވަސީލަތްތައް ފުޅާ ކުރެވޭނީ އެކުވެރި ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށްގެންކަން ފާހަގަކޮށް ޔޫއޭއީގެ ސަރުކާރަށް މިނިސްޓަރ ވަނީ ޝުކުރުއަދާކުރައްވާފައެވެ. މީގެއިތުރުން ސަރުކާރުން ގެންގުޅޭ ޙާރިޖީ ސިޔާސަތުގެ ސަބަބުން ފުލުހުންގެ ކުރިއެރުމަށް އެތައް މަސައްކަތްތަކެއް ކުރެވިގެންދާކަން ހޯމް މިނިސްޓަރ ފާހަގަކުރެއްވިއެވެ.